ސިޔާސީ

އެމްއާރުއައި ހެއްދުމަށް ކުރީގެ ރައީސް ނަޝީދު މާލެ ގެނެސްފި


13
އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާއަށް
މިއަދު މާލެގެނައުމަށްފަހު އަލުން އަނބުރާ ޖަލަށް ގެންގޮސްފައިވާކަމަށް
ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.

މޯލްޑިވްސް
ކަރެކްޝަނަލް ސާވިސްއިން ބުނީ ނަޝީދު މާލެގެނައުމަށްފަހު މިއަދު ހެނދުނު
އޭޑީކޭއިން އެމްއާރުއައި ހެދުމަށްފަހު މިހާރު އަނބުރާ ޖަލަށް ގެންގޮސްފައިވާކަމަށެވެ.
އަދި އެމްއާރުއައިގެ ރިޕޯޓް ލިބުމާއެކު އަނެއްކާވެސް ނަޝީދު މާލެގެނެސް ޑޮކްޓަރަށް
ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެކަމަށެވެ.







ކުރީގެ
ރައީސް މުހައްމަދު ނަޝީދުގެ އެމްއާރުއައި އެއް ހަދާފައިމިވަނީ އެންމެފަހުން
ޑޮކްޓަރަށް ދެއްކިފަހަރު އެމްއާރުއައިއެއް ހެދުމަށް ޑޮކްޓަރ އިރުޝާދުދީފައިވާތީ
ކަމަށްވެސް ކަރެކްޝަނަލް ސާވިސްއިން ބުނެއެވެ.