ދުނިޔެ

އެމްބިއުލާންސަށް ޖާގަދޭން ފުލުހަކު ދުވެފައި 2 ކިލޯ މީޓަރު


ހާލު ބޮޑު ބަލިމީހަކު ގޮވައިގެން ދިޔަ އެމްބިއުލާންސަކަށް މަގުމަތިން ޖާގަ ހަދައިދޭން ފުލުހަކު 2 ކިލޯ މީޓަރު ދުވެފިއެވެ. މިކަން ހިނގާފައިވަނީ އިންޑިއާގެ ހައިދަރު އާބާދުގެ ބާރު ބޮޑު މަގެއްގައެވެ.

ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އިރުއޮއްސޭ ވަގުތުވުމުން މަސައްކަތް ނިންމާފައިވާ ދާ މީހުންނާއިގެން މުޅި މަގު އޮންނަނީ ދުއްވާތަކެތިން ތޮއްޖެހިފައެވެ. ފުލުހުންގެ ކޮންސްޓަބަލެއްގެ ގޮތުގައި މަސައްކަތް ކުރާ ބީ ބާބްޖީ ކިޔާ މީހަކަށް އެމްބިއުލާންސް ކުރިޔަށް ނުދެވި މަގުގައި ތާށިވެފައި އޮންނަތަން ފެނެއެވެ.

އެއާއި އެކު މި ފުލުސް މީހާ މަސައްކަތް ކުރަނީ އެމްބިއުލާސް ދިޔުމަށް މަގުން ތަން ހެދުމަށެވެ. އެގޮތުން އެމްބިއުލާންސްގެ ކުރީގައި ހުރެ މަގުގައި ތިބި އެހެން ވެހިކަލްތައް އެއްކާރިއަށް ޖައްސާ ތަން ހަދަމުން ދުވެފައި ދެއެވެ. އެމްބިއުލާންސަށް މަގުން ތަން ހަދައިދެމުން މި ފުލުސް މީހާ ގާތްގަޑަކަށް 2 ކިލޯ މީޓަށް ދުވެފައިވެއެވެ.

ވީޑިއޯއިން ފެންނަ ގޮތުން ފުލުސް މީހާ އައިސް ތަން ދައްކަން ސައިކަލްތަކުގައި ތިބި މީހުން ކައިރީ ފުރަތަމަ ބުނުމުން އެމީހުނަށްް ވެގެން އުޅޭގޮތް ނޭނގެއެވެ. އެހެންނަމަވެސް ފަހުން ފުލުސްމީހާ ކުރި މަސައްކަތް ފެނުމުން ސައިކަލްތަކުގައި ތިބި މީހުން އަތްތިލަ ބަޑިޖަހާ އޭނާއަށް ޝުކުރު އަދާކުރެއެވެ.

މި ފުލުސްމީހާގެ އަގުވަޒަންކޮށް ހައިދަަރު އާބާދުފެ ފުލުހުންގެ މަރުކަޒުން ވަނީ އޭނާއަށް އެވޯޑެއް ދީފައެވެ. އިންޑިއާގެ ސްޓޭޓްތަކުގައި އާއްމުކޮށް އިރުއޮއްސޭ ވަގުތުތަކީ މަގުމަތީގެ ޓްރެފިކް އެންމެ ޕީކަށް ދާ ގަޑިއެވެ.