ޚަބަރު

އާސަންދައަށް 900 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި


މިއަހަރު މިހާތަނަށް 906.9 މިލިއަން ރުފިޔާ އާސަންދަ ސްކީމުން ޚަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ހަފުތާގެ މާލީ ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ މިހާހިސާބަށް 913.2 މިލިއަންރުފިޔާވަނީ ހަރަދުކޮށްފައެވެ. އެހެންނަމަވެސް މިއހަރުގެ މިހާތަނަށް އާސަންދައިން ޚަރަދުކޮށްފައިވަނީ 906.9 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 6.3 މިލިއަން ރުފިޔާގެ ކުޑަ އަދަދެކެވެ. އާސަންދައިގެ ގޮތުގައި ހޭދަކުރަން މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވަނީ 950.8 މިލިން ރުފިޔާއެވެ. އާސަންދައިގެ ސަބްސިޑީގެ ގޮތުގައި މިއަހަރު 998.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

އާސަންދައިން ފުރަބަންދުގެ ތެރޭގައި ބޭހުގެ ޚަރަދަށް 422 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އާސަންދައިން ވިދާޅުވީ ފުރަބަންދުގައި 703 މިލިއަން ރުފިޔާ އެކި ޚިދުމަތްތައް ދިނުމަށް ޚަރަދުކޮށްފައިވާކަމަށެވެ. އޭގެ ތެރެއިން 68 އިންސައްތަ ޚަރަދުކަމުގައިވާ 422.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވަނީ، އާސަންދައިން ބޭސް ފިހާރަތަކުން ބޭސް ގަތުން ފަދަކަންކަން ކުރުމަށް ކަމަށެވެ.

އާސަންދަ ކުންފުނިން އަންނަނީ ރާއްޖެއިން ލިބެން ނެތް ފަރުވާދިނުމަށްތަކައި ބަލި މީހުން ރާއްޖެއިން ބޭރަށް ފޮނުވަމުންނެވެ. މިގޮތުން މީގެ ކުރިންވެސް ވަނި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.