ކުޅިވަރު

ރާއްޖޭގެ އަންހެން 1500 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ޖާއިޝާ އައުކޮށްފި


ރާއްޖޭގެ އަންހެނުންގެ 1500 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އާމިނަތު ޖައިޝާ ޖުނީޒް އާކޮށްފިއެވެ.

ޖާއިޝާ ގައުމީ ރެކޯޑް އާކޮށްފައިވަނީ ނިމިގެންދިޔަ މަހުގެ 30ވަނަ ދުވަހު ހުޅުމާލޭގައި ކުރިއަށްދިޔަ ގައުމީ ސްކޮޑުގެ ޓައިމް ޓްރަޔަލްގައި ވާދަކޮށްގެންނެވެ. ގައުމީ ސްކޮޑުގެ ޓައިމް ޓްރަޔަލްތަށް ކުރިއަށްދިޔައީ ހުޅުމާލޭ ސިންތަޓިކް ޓްރެކްގައެވެ. ޖައިޝާގެ ޓައިމިންއަކީ 5:06 މިނެޓެވެ.

1500 މީޓަރު ގައުމީ ރެކޯޑް އާކޮށްފައިވާއިރު، ޖާއިޝާ އެންމެ ފުރަތަމަ މިރެކޯޑް އެދީ 2018ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ 1500 މީޓަރު ދުވުމުގެ އިވެންޓުގައި ވާދަކޮށްގެންނެވެ. އޭރު ޖާއިޝާގެ ޓައިމިންއަކީ 5:14 މިނެޓެވެ. މިރެކޯޑް ކުރިން އޮތީ ވޯލްޑް ޖޫނިއާ ޗެންޕިއަންޝިޕުގައި ދުވި މަރިޔަމް އިނާޔާ އަތުގައެވެ. އެއީ 5:16 މިނެޓުން ދުވެގެންނެވެ.

ޖާއިޝާ ވަނީ 2016 ވަނަ އަހަރުގެ އިންޑިއަން ގްރޯން ޕްރީގައި ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ލޯ މެޑަލް ހޯދި ޓީމުގައި ހިމެނިފައެވެ. އަދި 2018 ވަނަ އަހަރުގެ ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕުގައި ޖާއިޝާ ވަނީ 800 މީޓަރު ދުވުމުންނާއި 1500 މީޓަރު ދުވުމުން ޕާސަނަލް ރެކޯޑް ހަދާފައެވެ.