ކުޅިވަރު

މޮރާޓާގެ ދެލަނޑާއެކު ޔުވެންޓަސް މޮޅުވެއްޖެ


ޗެމްޕިއަންސް ލީގުގައި ރޭ ހަންގޭރީގެ ފްރެންސްވަރޯސްއާ އިޓަލީގެ ޔުވެންޓަސް ވާދަކުރި މެޗު 4-1 އެލަނޑުން ޔުވެންޓަސް ކާމިޔާބުކޮށްފިއެވެ.

މެޗުގައި ޔުވެންޓަސްއަށް ކުޅުނު 100 ވަނަ މެޗުގައި މޮރާޓާ ވަނީ މެޗުގައި ދެލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. މެޗުގެ ފުރަތަމަ ދެލަނޑު މޮރާޓާ ކާމިޔާބުކުރި އިރު ދެން އެޓީމަށް ލަނޑު ކާމިޔާބުކޮށްދިނީ ޕައުލޯ ޑިބާލާއެވެ. ޔުވެންޓަސްއިން ޖެހި ހަތަރުވަނަ ލަނޑަކީ ފްރެންސްވަރޯސްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތްލަނޑެކެވެ. މެޗުގައި ފްރެންސްވަރޯސްއިން ލަނޑުޖެހީ އެންމެ ފަހުމިނިޓުގައި ފެރްންކް ބޯލީއެވެ. މޮރާޓާ ރޭ ގައި ކާމިޔާބުކުރި ދެލަނޑާއެކު ހަތަރު ލަނޑު ކާމިޔާބުކޮށްގެ މިއަހަރު ގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ތިން ކުޅުންތެރިންގެ ތެރޭގައި ވަނީ ހިމެނިފައެވެ. ދެން މިލިސްޓުގައި ހިމެނެނީ މެންޗެސްޓަރ ޔުނައިޓެޑުގެ މާކޯސް ރަޝްފޯޑް އާއި ލިވަޕޫލްގެ ޑިއޮގޯ ޔޮޓާއެވެ.

މިމޮޅާއެކު ޔުވެންޓަސް ގުރޫޕްގެ ދެވަނަ ލިބެނީ ތިން މެޗުން 6 ޕޮއިންޓް ހޯދައިގެންނެވެ. ފްރެންސްވަރޯސް ގުރޫޕް ފުލުގައި އޮތީ އެންމެ ޕޮއިންޓަކާ އެކުގައެވެ.