ދުނިޔެ

ބައިޑަން ވައިޓްހައުސްއާއި ދިމާލަށް ޓްރަންޕު ކޯޓަށް ސަޕޯޓަރުން މަގުމައްޗަށް

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ކާމިޔާބުކުރަން ބޭނުންވާ އިލެކްޓޯރަލް ވޯޓު ހަމަކުރުމާއި ދާދި ގާތަށް އިދިކޮޅު ކެނޑިޑޭޓް ޖޯ ބައިޑަން ޖެހިލައިފިއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް 270 އިލެކްޓޯރަލް ވޯޓު ބޭނުންވާއިރު ޖޯ ބައިޑަން މިހާތަނަށްވަނީ 264 ވޯޓް ހޯދާފައެވެ. ބައިޑަން ދެން ބޭނުންވަނީ އެންމެ 6 ވޯޓެވެ. ޓްރަންޕަށް ލިބިވަޑައިގެންފައިވަނީ 214 ވޯޓެވެ. އެހެންނަމަވެސް ވޯޓްލުން ނިމުނުތާ 12 ގަޑިއިރަށްވުރެ ގިނަ އިރުވެފައިވާއިރު އިންތިޚާބު ކާމިޔާބުކުރި ކެނޑިޑޭޓެއް އަދި ރަސްމީކޮށް އިއުލާންކޮށްފައެވެ.

އިންތިޙާބުގައި މޮޅުވާނެކަމަށް ޖޯ ބައިޑަން ވިދާޅުވަމުން ގެންދަވާއިރު ޓްރަންޕު ގެންދަވަނީ ވޯޓް އޮޅުވާލާކަމަށް ބުނެ ޝަކުވާތައް ކުރައްވަމުންނެވެ. އަދި ދެ ސިޓީއެއް ގެ ވޯޓް ގުނުން ހުއްޓުވުމަށް ޓްރަންޕު ވަނީ އެ މައްސަލަ ކޯޓަށްވެސް ހުށައަޅުއްވާފައެވެ. ޓްރަންޕާއި އޭނާގެ ސަޕޯޓަރުން ޑިމާންޑަކީ ވޯޓް އަލުން ގުނުމެވެ.

އިންތިޚާބުގެ މިހާރުގެ ނަތީޖާތައް ދައްކާގޮތުން ވޯޓްލީ މީހުންގެ ތެރެއިން 71.5 މިލިއަން މީހުން ވޯޓްދީފައިވަނީ ބައިޑަން އަށެވެ. މީ ވޯޓްލީމުންގެ 51 އިންސައްތަ އެވެ. އަދި މީ އެމެރިކާގެ ތާރީހުގައިވެސް ރިޔާސީ އިންތިހާބެއްގައި ކެނޑިޑޭޓަކު އެންމެ ގިނައިން ވޯޓް ހޯއްދެވި ފަހަރެވެ.

ރައީސް ޓްރަންޕަށް ލިބިވަޑައިގެންފައިވަނީ 68 މިލިއަން މީހުންގެ ވޯޓެވެ. މީ ވޯޓްލީ މީހުންގެ 48.18 އިންސައްތައެވެ. އިންތިޚާބު ކާމިޔާބުކުރުމަށް އެންމެ ހަ ވޯޓް ބައިޑަން ބޭނުންވާއިރު މިހާތަނަށް ނަތީޖާ ނުލިބި އޮތީ ނެވޭޑާ، ނޯތު ކެރޮލީނާގެ އިތުރުން ޕެންސަލްވޭނިއާއި ޖޯޖިއާއެވެ.

އިންތިޙާބުގެ ނަތީޖާތައް ދައްކާގޮތުން 2016ގެ އިންތިހާބުގައި ޓްރަންޕަށް ބޮޑު ތާއިދެއް ލިބުނު ސިޓީތަކުން މިފަހަރުވަނީ ބައިޑަންއަށް ތާއީދުކޮށްފައެވެ. މިގޮތުން މިދިޔަ ފަސް ދައުރުގައިވެސް ޑިމޮކްރެޓުންނަށް ކާމިޔާބު ލިބިފައިނުވާ އެރިޒޯނާވެސް ނެގީ ބައިޑަންއެވެ. އަދި މިދިޔަ ދައުރުގައި ޓްރަންޕަށް ބޮޑު ތާއީދެއް ދިން ވިސްކޮންސިން މިފަހަރު ޓްރަންޕަށް ބުނީ ނޫނެކޭއެވެ.

އިންތިޚާބުގެ ވޯޓްތައް އަލުން ގުނާދިނުމަށް ޓްރަންޕު އެދިވަޑައިގެންފައިވާއިރު އެނާގެ ސަޕޯޓަރުން މިހާރު އަންނަނީ މަގުމަތީގައި މުޒާހަރާކުރަމުންނެވެ.