ކުޅިވަރު

ޗެންޕިއަންސް ލީގް: އެތްލެޓިކޯ އާއި ލޮކޮމޮޓިވް މޮސްކޯ ބައްދަލުކުރި މެޗު އެއްވަރު


ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެތްލެޓިކޯ މެޑްރިޑް ކުޅުނު މެޗުން އެޓީމް އެއްވަރުވެއްޖެއެވެ.

ގްރޫޕް އޭގައި ރޭ ސްޕެއިންގެ އެތްލެޓިކޯ އާއި ރަޝިޔާގެ ލޮކޮމޮޓިވް މޮސްކޯ ބައްދަލުކުރި މެޗު ނިމުނީ އެކެއް އެކަކުންނެވެ.
މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑް ނެގީ އެތްލެޓިކޯ މެޑްރިޑުންނެވެ. މިލަނޑު އެޓީމަށް މެޗުގެ އަށާރަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރ ހޯޒޭ ހިމެނޭޒްއެވެ.

މެޗުގެ ނަތީޖާ ލޮކޮމޮޓިވްއަށް އެއްވަރުކޮށްދިނީ މެޗުގެ ފަންސަވީސް ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެންޓޮން މިރަންޗުކްއެވެ.

މިމެޗުން ލިބުނު ޕޮއިންޓާއެކު އެތްލެޓިކޯ އޮތީ ހަތަރު ޕޮއިންޓާއެކު ގްރޫޕް އޭގެ ދެވަނާގައެވެ. ލޮކޮމޮޓިވް އޮތީ ދެ ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނާގައެވެ.