ރިޔާސީ އިންތިޙާބުގައި މަކަރު ހަދާ އޮޅުވާލާކަމަށް ވިދާޅުވެ އެ މައްސަލަ ސުުޕްރީމްކޯޓަށް ހުށައަޅުއްވާނެކަމަށް ރައީސް ޑޮނަލްޑް ޓްރަންފު ވިދާޅުވެއްޖެއެވެ. 
ވައިޓްހައުސްގައި ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޓްރަންޕު ވިދާޅުވީ އިންތިޙާބުވަނީ އޮޅުވާލާފައިކަމަށެވެ. އެހެންކަމުން ވޯޓްގުނުމުގެ ކަންކަން ދަނީ އެއްވެސް ނުފޫޒެއްނެތިތޯ ޔަޤީންކުރުމަށް އެ މައްސަލަ ސުޕްރީމު ކޯޓަށް ހުށައަޅުއްވާނެކަމަށް ޓްރަންޕު ވިދާޅުވިއެވެ. 
ޓްރަންޕު ވިދާޅުވީ ރިޔާސީ އިންތިޙާބުން ކާމިޔާބު ލިބިވަޑައިގެންފައިވާކަމަށެވެ. އަދި އެކަން ފާހަގަކުރުމަށް ތައްޔާރުވަމުން އަންނަކަންވެސް ޓްރަންޕު ވަނީ ވިދާޅުވެފައެވެ. 
ޓްރަންޕު މޮޅުވިކަމަށް ނިންމެވިނަމަވެސް ނުގުނާ އެތައް މިލިއަން ވޯޓެއް ހުރިކަމަށް މީޑީއާ ރިޕޯޓްތައް ބުނެއެވެ. އަދި އިންތިޚާބު މޮޅުވިކަން ނިންމަން އަދި މާ އަވަސްކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. 
އެންމެފަހުގެ ނަތީޖާތައް ދައްކާގޮތުން މިހާތަނަށް ބައިޑަންވަނީ 236 އިލެކްޓޯރަލް ވޯޓު ޔަޤީންކުރައްވާފައެވެ. ރައީސް ޓްރަންޕަށް ޔަޤީންވެފައިވަނީ 213 ވޯޓެވެ. އިންތިޚާބުގައި މޮޅުވާން އިލެކްޓޯރަލް ކޮލެޖު ވޯޓުގެ 270 ވޯޓު ބޭނުންވެއެވެ.