ދުނިޔެ

އެމެރިކާގެ އިންތިޚާބު: ކުރީގައި ބައިޑަން، ތަފާތު ބޮޑެއް ނޫން


އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓްތައް ގުންނަން ފަށާ ނަތީޖާ އިއުލާންކުރަމުން އެބަދެއެވެ. މިވަގުތުގެ ނަތީޖާތައް ދައްކާގޮތުން ކުރީގައި އުޅުއްވަނީ ބައިޑަންއެވެ.

މިވަގުތުގެ ނަތިޖާތައް ދައްކާގޮތުން ބައިޑަން އަށް ޖުމްލަ 192 އިލެޓޯރިއަލް ވޯޓްވަނީ ލިބިވަޑައިގެންފައެވެ. ޓްރަންޕަށް މިހާތަނަށް ލިބިވަޑާއިގަތީ 270 އިލެޓޯރިއަލް ވޯޓުން 114 ވޯޓްވެ. ވައިޓް ހައުސް އަށް ވަޑައިގަތުމަށް މި 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯއްދަވަންޖެހެއެވެ.

ނަތީޖާތައް ދައްކާގޮތުން 2016 ގައި ޑިމޮކްޓަރުންގެ ތެރެއިން ވާދަކުރެއްވި ހިލަރީ ކްލިންޓަން ކާމިޔާބު ކުރެއްވި ސިޓީތަކުން މިފަހަރުވެސް ކުރީގައި އުޅުއްވަނީ ބައިޑަންއެވެ. އެހެންނަމަވެސް ކުދި ކުދި ސަރަހައްދުތަކުން ޓްރަންޕު އަންނަނީ ކާމިޔާބު ކުރައްވަމުންނެވެ.

ބައެއް މީޑިއާތަކުން މިހާރު އާއްމުކޮށްފައިވާ ނަތިޖާތަކަށް ބަލާއިރު ވެސްޓް ވާޖީނިއާ، ކެންޓަކީ، އޮކްލޮހަމާ، އިންޑިއާނާ، ޓެނެންސީ، ސައުތު ކޮރެލީނާ. ކެންސަސް، މިސިއްސިޕީ، ސައުތު ޑަކޯޓާ، ވަޔޯމިން އިން ކުރި ހޯއްދަވާފައިވަނީ ޓްރަންޕުއެވެ.

ބައިޑަން ކުރި ހޯއްދެވި ސިޓީތަކުގެ ތެރޭގައި ނިއު ޖާޒީ، މެސަސޫސެޓްސް، މެރީލޭންޑް، ޑެލަވެއަރ، ޑިސްޓްރިކް އޮފް ކޮލަމްބިއާ، ވާޖީނިއަރ، ޖޯޖިއާ، ވަމާންޓް، ކޮލަރާޑޯ، އިލިނޯއިސް، ނިއު މެކްސިކޯ، ނިއު ޔޯކް ހިމެނެއެވެ.

ޕްލޮރިޑާ، ނިއު ހެމްސްފިއަރ، އޮހިއޯ، ފެންސިލްވޭނިއާ، ނޯތް ކެރޮލިނާގައި މިހާތަނަށް ގުނި ވޯޓިން ދެ ކެނޑިޑޭޓުން އަންނަނީ ވަރަށް ގާތުން ވާދަކުރަމުންނެވެ. އެއްވެސް ސްޓޭޓަކުން ނަތިޖާ އަދި ޔަގީންނެއް ނުވެއެވެ.

އަދި މީ ވޯޓްގުނުކުގެ ވަރަށް ކުރީކޮޅުކަމުން ނަތީޖާ ކޮންމެ ގޮތަކަށްވެސް އަދި ބަދަލުވެދާނެކަމަށް ބެލެވެއެވެ.