ޚަބަރު

"ގެއްލިގެން ހޯދަމުންދިޔަ މީހާ އަމިއްލައަށް ގެޔަށް އަތުވެއްޖެ"


މިދިޔަ ހޮނިހިރު ދުވަހުންފެށިގެން މާލެއިން ގެއްލިގެން ފުލުހުން ހޯދަމުންދިޔަ މީހާ އަމިއްލައަށް ގެއަށް އަތުވެއްޖެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އޭނާ ގެއަށް އައީ މިއަދު ހެނދުނު 8:45 އެހއިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ.

ގެއްލިގެން ހޯދަމުންދިޔަ މީހަކީ ރ.ކިނޮޅަސް، ލަގްޒަރީ، ޢުމުރުން 33 އަހަރުގެ ޝިރުމީނާ އަބޫބަކުރެވެ.

އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުގެ 13:30 އިން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ހަމަ އެދުވަހުގެ ރޭ 22:45 ގައެވެ. ފުލުހުންނަށް މިކަން ރިޕޯޓްކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރައްވާފައިވެއެވެ.