ޚަބަރު

ކޯވިޑް-19 : ނިޔާވި މީހުންގެ ޢަދަދު 38 އަށް


ކަނޑިންމަ މޯލްޑިވްސް ރިސޯޓުން ހާލުބޮޑުވެގެން ފަރުވާ ދެމުންދަނިކޮށް ރޭ ނިޔާވި މީހާ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވުމާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 38އަށް އަރައިފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ވަނީ ރޭ 7:30 އެހައިކަންހާއިރު ނިޔާވި ޢުމުރުން 60 އަހަރުގެ ދިވެހި ފިރިހެން މީހާ ނިޔާވީ ކޯވިޑް-19ގައި ކަން ޔަޤީންކޮށްދެއްވާފައެވެ.

އޭނާ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަން އެނގިފައިވަނީ ނިޔާވި ފަހުން ނެގި ސާމްޕަލުންނެވެ. އަދި އެސާމްޕަލްގެ ނަތީޖާ ލިބިފައިވަނީ އެމީހާ ވަޅުލި ފަހުން މިއަދުގެ ވަގުތެއްގައިކަމަށް ދ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19ޖެހި މަރުވި މީހުންގެ އަދަދު ވަނީ 38އަށް އަރާފައެވެ. އެއީ އެއީ 31 ދިވެހިންނާއި، 7 ބިދޭސީންނެވެ.