ކުޅިވަރު

ކްރިސްޓިއާނޯ ރޮނާލްޑޯ ކޯވިޑް19 ގެ ޓެސްޓާއި މެދު ހިތްހަމަނުޖެހިފަ



ޔުވެންޓަސްގެ މަޝްހޫރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކޯވިޑް19 ގެ ޓެސްޓާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

ރޮނާލްޑޯ ކޯވިޑް19 އާއިމެދު އޮތް ނުތަނަވަސްކަން ފާހަގަކުރީ ސޯޝަލްމީޑިއާގައއެވެ. މިގޮތުން ތިން ވަނަ ފަހަރަށް ހެދި ޓެސްޓުންވެސް ނަތީޖާ ޕޮސިޓިވް ކަމަށް ދެކުމުން ރޮނާލްޑޯވަނީ އަކަން ފާހަގަކޮށް ޕީ.ސީ.އާރް ޓެސްޓާމެދު ސުވާލު އުފައްދާފައެވެ. އެހެންނަމަވެސް ރޮނާލްޑޯ ވަނީ އެ ކޮމެންޓް އިރުކޮޅެއް ފަހުން ޑިލީޓްކޮށްލާފައެވެ.

ރޮނާލްޑޯ ކޯވިޑް19 އަށް ޕޮސިޓިވްވީ މިމަހުގެ ކުރީކޮޅު ޕޯޗުގަލް ޤައުމީ ޓީމާއެކު އުޅެނިކޮށެވެ. މިހާތަނަށް ރޮނާލްޑޯއަށް ޔުވެންޓަސްއަށް މިސީޒަންގައި ކުޅެދެވުނީ އެންމެ ދެ މެޗެވެ. އަދި ޔުވެންޓްސް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައިވެސް ރޮނާލްޑޯ ބައިވެރިވެފައެއް ނުވެއެވެ.