ކުޅިވަރު

ސްވިމިންގް އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ ކޯޗުން ރިޕްރެޒެންޓޭޓިވްގެ ވޯޓްލުން އަންނަ ހަފްތާގެ ބުދަ ދުވަހު



ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމެޓީގެ ކޯޗުން ރިޕްރެޒެންޓޭޓިވްގެ ވޯޓްލުން މިއަންނަ ހަފްތާގެ ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ޖުލައި 26ވަނަ ދުވަހު ބޭއްވުނު އެސޯސިއޭޝަންގެ އާ ހިންގާކޮމެޓީ ހޮވުމަށް ބެއްވި އިންތިޚާބުގައި ކޯޗުންގެ ފަރާތުން ހޮވާ މެންބަރުންގެ މެދުގައި ނެގި ވޯޓުވަނީ އެއްވަރުވެފައެވެ. އެކްސްކޯއަށް ކޯޗުންގެ ފަރާތުން ކުރިމަތިލާފައިވަނީ އަހުމަދު ޒުނެއިޖު މުހައްމަދު ޒާހިދު އަދި މަރިޔަމް ނަފްޙާ ޢަލީއެވެ. އަހުމަދު ޒުނެއިޖު އާއި މަރިޔަމް ނަފްހާ އަލީ ކޮންމެ މެންބަރަކަށްވަނީ 6 ވޯޓް ލިބިފައެވެ. ޒުނެއިޖަށް ވޯޓެއް ލިބިފައެއް ނުވެއެވެ.

ސްވިމިންގެ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ ކޯޗުންގެ ފަރާތުން ހޮވާ މެންބަރުންގެ ވޯލްލުން މިއަންނަ ހަފްތާގެ ބުދަ ދުވަހު އެސޯސިއޭޝަންގެ އޮފީހުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި ވޯޓްލުން ކުރިއަށްދާނީ ކޯޗުންގެބަޔަށް ކުރިމަތިލާފައިވާ ތިން މެންބަރުންގެ މެދުގައިކަމަށެވެ. ސްވިމިންގެ އެސޯސިއޭޝަންގެ ރައީސްއަކަށް ހޮވިފައިވަނީ ކުރިންވެސް އެމަގާމުގައި ކުރި މުޙައްމަދު އަބްދުއްސައްތާރެވެ. ނައިބް ރައީސަކަށް ހޮވިފައިވަނީ އިސްމާޢީލް ޢަލީއެވެ.