ދީން

މުސްލިމުން ބައިބައިނުވެ އެކަތިގަނޑެއްގެ ގޮތުގައި ތިބެންޖެހޭ


އިސްލާމީ އުންމަތަށް
މިއަދު ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލުހޯދުމަށް މުސްލިމުން ބައިބައިނުވެ
އެކަތިގަނޑެއްގެ ގޮތުގައި ދެމިތިބުމަށް 
މިއަދުގެ ހައްޖު ޚުތުބާގައި އިމާމް، ޝައިޚް އަބުދުލް ޢަޒީޒު ބިން އަބުދުﷲ
ބިން މުހައްމަދު އާލުއްޝައިޚް އިސްލާމީ އުންމަތަށް ގޮވާލައްވައިފިއެވެ.އަރަފާތުބިމަށް އެއްވެ ތިބި ހައްޖާޖީންނާ މުޚާތަބުކުރައްވާ ދެއްވި ޚުޠުބާގައި
ޝެއިޚް ވިދާޅުވީ މުސްލިމުން އެކި ޖަމާއަތްތަކަށް
 ބައިބައިވެ، އިސްލާމް ދީނުގެ ނަމުގައި
ހައްދު ފަހަނަޅައިދާ މައްސަލައަކީ އިސްލާމީ އުންމަތަށް މިހާރު ކުރިމަތިވެފައިވާ
ވަރަށް ބޮޑު ނުރައްކަލެއްކަމަށެވެ. ޝައިޚް ވިދާޅުވީ މިފަދަ ހަރުކަށި މީހުންނަކީ
އެހެން މުސްލިމުން ކާފަރުންނަށް ހަދާ ތަކްފީރީ ވިސްނުމުގެ ބައެއް ކަމަށާއި އެއީ
އިސްލާމް ދީނާއި ޚިލާފް ކަމެއްކަމަށެވެ.ހައްޖު ޚުތުބާގައި އިމާމުވަނީ
މުސްލިމު ޒުވާނުންނަށްވެސް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އެގޮތުން މުސްލިމު
ޒުވާނުން އެމީހުންގެ ހަކަތަ ބޭނުންކުރަންވީ ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށްކަމަށާއި
ހަރުކަށި ޖަމާއަތްތަކުގެ ދަލުގައި މުސްލިމް ޒުވާނުން ޖެހިގެން ނުދިއުމަށްވެސް
ގޮވާލެއްވިއެވެ. އިސްލާމް ދީނަކީ ހަރުކަށި އަނިޔާވެރި ދީނެއްކަމަށް ސިފަކޮށް
މުސްލިމުންނާއި އިސްލާމްދީނުގެ ނަން ހުތުރުކުރުމަށް ދުޝްމަނުން ކުރަމުންދާ
މަސައްކަތާއިމެދު ފާރަވެރިވެ ހޭލާ ތިބެންޖެހޭކަމަށް ވިދާޅުވިއެވެ.އިމާމްގެ
ވާހަކަފުޅުގައި ދާޚިލީ ހަގުރާމަތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުން ހިމާޔަތް
ހޯދަން ކުރަމުންދާ މަސައްކަތްތަކުން މުސްލިމް އުއްމަތް މިއަދު ނިކަމެތި ވެފައިވާ
މިންވަރު ދޭހަވާކަމަށްވެސް ވިދާޅުވިއެވެ.އަދި މާތްވެގެންވާ
މަސްޖިދުލް އަގްސާއަށް އިސްރާއީލުން ކުރަމުންގެންދާ ގޯނާތަކަށްވެސް އޭނާ
އިޝާރާތް ކުރެއްއެވިއެވެ.