ކުޅިވަރު

ނަޕޯލީ މޮޅުވެ ތާވަލުގެ ކުރިޔަށް


އިޓާލިއަން ސެރިއާގައި ނަޕޯލީ އެޓީމު ކުޅުނު މެޗު ކާމޔާބު ތާވަލުގެ ކުރިޔަށް ޖެހިލައިފިއެވެ.

ނަޕޯލީ މެޗު ކާމިޔާބުކުރީ ބެންވެންޓޯ އާއި ވާދަކޮށް 2-1 ލަނޑުން ކުރި ހޯދައިގެންނެވެ. ރަށުން ބޭރުގައި ނަޕޯލިން ކުޅުނު މެޗުގެ ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ބެންވެންޓޯއިންނެވެ. ބެންވެންޓޯއިން ލީޑު ނެގީ ފުރަތަމަހާފްގެ 30ވަނަ މިނިޓުގައި ރޮބާޓޯ އިންސިގީ ކާމިޔާބުކުރި ލަނޑުންނެވެ. މިލަނޑަށްފަހު ނަޕޯލިން ވަނީ ފުރަތަމަހާފްގެ ފަހު މިނިޓުގައި ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. ނަޕޯލީގެ ކޮސްޓަސް މޮނަލާސް ފޮނިވާލި ހަމަލާ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. ނަޕޯލިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 60ވަނަ މިނޓުގައި ލޮރެންޒޯ އިންސިގީގެ ލަނޑުންނެވެ. މެޗުން ނަޕޯލީ މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަލަނޑު ޖެހިތާ ހަތްމިނިޓުފަހުން އަންދްރޭ ޕެޓަގްނާއެވެ.

ރޭ އިޓާލިއަން ސެރިއާގައި ޕާމާ އާއި ސެޕީޒިޔާ ވާދަކުރި މެޗު ނިމުނީ 2-2 ލަނޑުން އެއްވަރުވެގެން. މެޗުގައި ފުރަތަމަ ދެލަނޑު ސެޕީޒިޔާއިން ކާމިޔާބު ކުރިއިރު ފަހު ދެލަނޑު ޕާމާއިން ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކުރިއެވެ. ނަތީޖާ އެއްވަރުކުރި ލަނޑު ޕާމާއިން ކާމިޔާބުކުރީ މެޗުގެ އިތުރުވަގުތުގެވެސް އެންމެ ފަހު މިނިޓުގައި ލިބުނު ޕެނެލްޓީއަކުންނެވެ. މި ނަތީޖާއެކު ނަޕޯލީ ވަނީ 11 ޕޮއިންޓާއެކު ލީގުގެ ދެވަނައަށް ކުރިޔަށް ޖެހިލާފައެވެ.