ކުޅިވަރު

ކުޅުދުއްފުށިން އަންނަ ޓީމްތަކަށް ފަސޭހައެއްނުވާނެ - ސުޒޭން


ޕްރެޒިޑެންޓްކަޕް ގްރޫޕް ސްޓޭޖްގެ މެޗުތައް ކުޅުދުއްފުށީގައި ކުޅެފައި އަންނަ ޓީމްތަކަށް އައްޑޫ ސިޓީގެ ސްޓޭޑިއަމްގައި ކުޅެން ފަސޭހަ ނުވާނެކަމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.އައްޑޫ ސިޓީގައި ކުޅެ، ސެމީއަށް ދިއުމުގެ ހިތްހަމަ ޖެހުން އޮތީ ކިހާވަރަކަށްތޯ ކުރި ސުވާލެއްގެ ޖަވާބުގައި ސުޒޭން ބުނީ ގްރޫޕް ސްޓޭޖްގެ މެޗުތައް ކުޅުނު ދަނޑުގައި ސެމީ ކުޅެން ޖެހުމަކީ ހިތްހަމަ ޖެހުމެއްކަމަށެވެ." ފެންނަ ފެނުމަށް ރީތިކޮށް އޮތަސް ހަމަ އަންނަ ގޮތަށް މިދަނޑުގައި ކުޅެން ފަސޭހައެއް ނުވާނެ. އުނދަގޫވާނެ އަންނަގޮތަށް ކުޅެލަން. އިރާދަކުރެއްވީތީ މާޒިޔާއަށް އެހިތްހަމަ ޖެހުން އެބައޮތް، މިދަނޑުގައި މެޗުތައް ކުޅެފައި އޮތުމުގެ. " ސުޒޭން ބުންޏެވެ.މިހާރު އޮތް ގޮތުން ސެމީފައިނަލްގައި މާޒިޔާވާދަކުރަން ޖެހުމުގެ ފުރުޞަތު ބޮޑީ ނިއުރޭޑިއަންޓާއެވެ. ސުޒޭން ބުނީ ބޭނުންވަނީވެސް އެގޮތްކަމަށެވެ." ސެމީގައި ނިއުރޭޑިއަންޓާއި ކުޅެލަން ބޮޑަށް ބޭނުންވަނީ. އެހެން ވެއްޖިއްޔާ ރަނގަޅު ފުޓްބޯޅައެއް މިދަނޑުގައި ކުޅޭތަން ފެންނާނެ. " ސުޒޭން ބުންޏެވެ. ސެމީފައިނަލްގައި މާޒިޔާ ވާދަކުރަން ޖެހޭނެ ޓީމެއް ކަށަވަރުވާނީ މިއަދު ކުޅުދުއްފުށީގައި ޓީސީއައި ބީޖީ ވާދަކުރާ މެޗަށްފަހުގައެވެ. ޕްރެޒިޑެންޓްކަޕްގެ ސެމީފައިނަލް ދެމެޗާއި ފައިނަލް މެޗު ކުޅޭނީ އައްޑޫ ސްޓޭޑިއަމްގައެވެ.