ކުޅިވަރު

ވޯލްޑް ހިއުމަން ރައިޓް އޯގަނައިޒޭޝަނާއި ގުޅިގެން ވަން ރަންއަށް ޔުނިކްސް ސްޕޯޓްސްއިން ތައްޔާރުވަނީ



ވޯލްޑް ހިއުމަން ރައިޓް އޯގަނައިޒޭޝަން އާއި ގުޅިގެން ވަން ރަންއަށް ތައްޔާރުވަމުންދާކަމަށް ޔުނިކްސް ސްޕޯޓްސްއިން ބުނެފިއެވެ.

ޔުނިކްސް ސްޕޯޓްސްއިން މިހާރުވެސް އިންޓަރނޭޝަނަލް ވާރޗުއަލް ދުވުން ރަން ފޮރ މޯލްޑިވްސް ކުރިއަށްގެންދެއެވެ. ޔުނިކްސް ސްޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ ރޭޝަން ޝަރީފްބުނީ ވޯލްޑް ހިއުމަން ރައިޓް އޯގަނައިޒޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ވަން ރަންއަށް މިހާރު ތައްޔާރުވަމުންދާކަމަށާއި މިދުވުން އޮންނާނީ 9 ޑިސެންބަރުގައިކަމަށެވެ. އަދި މިއީ ވަކި ކެޓަގަރީއަކަށް ޚާއްސަކޮށްގެން އޮންނަ ދުވުމެއް ނޫންކަމަށާއި ވަން ރަންގައި އެމީހަކު ބޭނުން މިންވަރަށް ދުވަންވީކަމަށް ރޭޝަން ޝަރީފް ބުންޏެވެ.
މިއީ ވޯލްޑް ހިއުމަން ރައިޓް އޯގަނައިޒޭޝަންގެ ފަރާތުން ހަތަރު ޗެރިޓީއަކަށް އެހީވުމުގެ ގޮތުން ބާއްވާ ދުވުމެއްކަމަށްވެސް ރޭޝަން މަޢުލުމާތުދިނެވެ.

ޔުނިކްސް ސްޕޯޓްސްއިން މިހާރު ކުރިއަށް ގެންދާ އިންޓަރނޭޝަނަލް ވާރޗުއަލް ދުވުން ރަން ފޮރ މޯލްޑިވްސް ދުވުމުގައި ހަތަރު ކެޓަގަރީއެއް ހިމެނެއެވެ. އެއީ 5.5 ކިލޯމީޓަރު ދުވުން ސިޓީ ލިންކާއި، 16 ކިލޯމީޓަރު ދުވުން އައްޑޫ ލިންކާއި، 21 ކިލޯމީޓަރު ދުވުން ލާމު ލިންކާއި، އަދި 870 ކިލޯ މީޓަރު ދުވުން ރާއްޖެ ލިންކެވެ. އިންޓަރނޭޝަނަލް ވާރޗުއަލް ދުވުން ކުރިޔަށްދާނީ ނޮވެމްބަރުމަހުގެ އެގާރައިގެ ނިޔަލަށެވެ.