ދުނިޔެ

ބޮލުން ގުޅިފައިވަނިކޮށް ވަކިކުރި އެއްމާބަނޑު ދެބެން އެނބުރި ޤައުމަށް


ބޮލުން ގުޅިފައިވަނިކޮށް އިނގިރެސިވިލާތުގެ ހަސްފަތާލެއްގައި މިދިޔަ އަހަރު ވަކިކޮށްފައިވާ އެއްމާބަނޑު ދެ ކުދިން އެކުދިންގެ ޤައުމަށް އެނބުރި ގޮސްފިއެވެ.

2017ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޕާކިސްތާނުގެ ޕިޝާވަރަށް އުފަންވި ދެކުދިންގެ އޮޕަރޭޝަން ކޮށްފައިވަނީ އިންގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ގްރޭޓް އޯމޮންޑް ސްޓްރީސް ހޮސްޕިޓަލުގައެވެ. ސަފާއާއި މަރުވާ ނަމަކަށް ކިޔާ ދެ ކުދިން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގައި ބޮޑު ތިން އޮޕަރޭޝަނެއް ކުރުމަށްފަހުގައެވެ. އެކުދިން ވަކިކުރުމަށް ކުރި އޮޕަރޭޝަންތަކަށް 50އަށްވުރެ ގިނަ ގަޑިއިރުވަނީ ހޭދަވެފައެވެ.

އިނގިރޭސިވިލާތުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު އެ ދެ ކުދިންގެ ޢާއިލާއިން މިހާރުވަނީ ޕާކިސްތާނަށް އެނބުރި ގޮސްފައެވެ. ކުދިންގެ މަންމަ، ޒައިނަބު ބީބީ ބުނީ އަމިއްލަ ޤައުމަށާއި ޢާއިލާ ކައިރިއަށް ކުދިން އަނބުރާ ގެންދެވޭތީ ވަރަށް ހިތްހަމަޖެހިފައިވާކަމަށެވެ. ކުދިންގެ ޙާލު ރަނގަޅުކަމަށާއި މަރުވާއަށް ގިނަ ކުރިއެރުންތައް ލިބިފައިވާކަމަށް އޭނާ ބުންޏެވެ. އަދި ސަފާގެ ކަންކަން ގާތުން ބަލަމުންދާނެކަމަށާއި ކުރިއަށްއޮތް ތަނުގައި ދެކުދިންނަށް ހިނގާ ބިންގާވެ އުޅެވޭނެކަމަށް އުންމީދުކުރާކަމަށް ކުދިންގެ މަންމަ ބުންޏެވެ.

އެއް ހަށިގަނޑުން ދެ ހަށިގަނޑަށް
ހަށިގަނޑު ގުޅިފައިވާ އެއްމާބަނޑު ކުދިން އުފަންވުމަކީ އެހާ އާންމުކަމެއް ނޫނެވެ. އޭގެ ތެރެއިންވެސް ބޮލުގެ ނާށިގަނޑުން ގުޅިފައިވާ ކުދިން އެއަށްވުރެ މަދެވެ. އުފަންވާއިރު ގުޅިފައިވާ އެއްމާބަނޑު ކުދިންގެ ކޮންމެ 20 ސެޓުގެ ތެރެއިން އެއް ސެޓަކީ ބޮލުން ގުޅިފައިވާ ކުދިންނެވެ. އެފަދަ ކުދިންނަށް ކިޔާ ނަމަކީ ކްރޭނިއޯޕޭގަސް ޓްވިންސެވެ. އޭގެ ތެރެއިން ގިނަ ކުޑަކުދިންނަކީ ފުރާވަރަށް އެރުމުގެ ކުރިން މަރުވާ ކުދިންނެވެ.
2019ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ދެ ކުދިން ވަކިކުރީންސުރެ ސަފާއާއި މަރުވާ ދިރިއުޅެމުންދަނީ މަންމައާއި ބޮޑުބޭބެއާއިއެކު ލަންޑަނުގައެވެ. ހަސްފަތާލުގެ ޚަރަދުތައް ހިމެނޭގޮތަށް ހުރިހާ ޚަރަދެއް ބަލަހައްޓާފައިވަނީ ޕާކިސްތާނުގެ މަހުޖަނެއްކަމުގައިވާ މުރުތާޒާ ލަޚާނީއެވެ. އެއް މިލިއަން ޕައުންޑަށްވުރެ ބޮޑު ޢަދަދެއް އެ ދެބެންގެ ކަންކކަމުގައި އޭނާވަނީ ޚަރަދުކޮށްފައެވެ. ލަންޑަނުގައި އެ ކުދިން ހޭދަކުރި މުއްދަތުގައި ކުދިންގެ ޞިއްޙީ ކަންކަމުގައި 100އަށްވުރެ ގިނަ މީހުންގެ ޓީމަކުންވަނީ ގުރޭޓު އޯމޮންޑު ސްޓްރީޓު ހޮސްޕިޓަލުގައި މަސައްކަތްކޮށްފައެވެ. ދެކުދިންގެ މަންމަ ބުނީ ކުދިންގެ އޮޕަރޭޝަންކުރި ޑޮކްޓަރުންނަކީ ބަޠަލުންކަމަށެވެ. އަނބުރާ ޤައުމަށް ދިޔުމުން ސަފާއާއި މަރުވާގެ އިތުރުން އޭނާގެ ހުންނަ އަނެއް ހަތް ދަރިންވެސް ދެކުދިންގެ ކަންތައްތައް ކޮށްދީ ކުދިން ބެލެހެއްޓުމަށް ކެތްމަދުވެފައިވާކަމަށް ޒައިނަބު ބުންޏެވެ.
މިހާރު ސަފާއާއި މަރުވާގެ އުމުރަކީ ތިން އަހަރާ ބައެވެ. އެ ކުދިންނަށް ކޮންމެ ދުވަހަކުވެސް ޖިސްމާނީ ތެރަޕީތަކެއް ދޭންޖެހެއެވެ. އެއީ ހިނގާބިންގާވެ އުޅުމަށް ދަސްކޮށްދިނުމަށެވެ. ކަންކަން ދަސްކުރުމުގައި ދެ ކުދިންވެސްދަނީ ގޮންޖެހުންތަކަކާ ކުރިމަތިލަމުންނެވެ.
ދެ ކުދިން އޮޕަރޭޝަން ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވި ޑޮކްޓަރު އޮވޭސް ޖީލާނީ ވިދާޅުވީ އޭނާއާއި މުޅި ޓީމުންވެސް ކުދިންގެ ޢާއިލާއަށް ލިބުނު އުފަލާމެދު އުފާކުރާކަމަށެވެ. ނަމަވެސް އޮޕަރޭޝަނުގެ ނަތީޖާއާމެދު އެންމެ ހިތްހަމަނުޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އޮޕަރޭޝަނަށްފަހު މަރުވާއަށް ގިނަ ކުރިއެރުންތައް ލިބިފައިވާކަމަށާއި ދުވަހުން ދުވަހަކަށް އިތުރު ކުރިއެރުންތައް ދެކުދިން ހޯދަމުންދާކަމަށް އޭނާ ބުންޏެވެ. މުޅި ޢާއިލާއަށް ބަލާނަމަ ދެ ކުދިން ވަކިކުރުމަކީ އެންމެ ރަނގަޅޅު ނިންމުންކަމަށް ޤަބޫލުކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ސަފާއަށް ބަލާނަމަ ދެކުދިން ވަކިކުރަން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުންކަމަށް ޤަބޫލުނުކުރާކަމަށް އޭނާ ވިދާވިއެވެ. އޮޕަރޭޝަން ކުރި ވަގުތު ނިންމަންޖެހުނު ބައެއް ނިންމުންތަކުގެ ސަބަބުން އަދިވެސް އުނދަގޫވާކަމަށް އޭނާ ވިދާޅުވިއެވެ.
ދެކުދިން ގުޅިފައިވަނީ ބޮލުންކަމުން ދެ ކުދިންގެ ސިކުނޑިއަށް ލޭ ފޮނުވާދޭ ގިނަ ލޭ ހޮޅިތައްވެސް ހުރީ ގުޅިފައެވެ. ދެ ކުދިން ވަކިކުރުމުން އެ ލޭ ހޮޅިތަކުގެ ތެރެއިން އެންމެ މުހިންމު ލޭ ހޮޅިތައް ދެވޭނީ ކޮންމެވެސް އެއް ކުއްޖަކަށެވެ. ދެ ކުދިންގެ ތެރެއިން ބޮޑަށް ޙާލު ދެރައީ މަރުވާކަމަށްވާތީ އެ ލޭ ހޮޅިތައް ދިނީ މަރުވާއަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސަފާއަށް ސްޓްރޯކެއް ޖެހި އޭނާގެ ސިކުނޑިއަށް ދާއިމީ ގެއްލުންތައް ލިބުނެވެ. ސްޓްރޯކުގެ ސަބަބުން އޭނާއަށް ދުވަހަކުވެސް ހިނގާބިންގާވެ އުޅެވޭނެކަމުގެ އުންމީދު ވަރަށް ކުޑައެވެ.
ޑރ. ޖީލާނީ ވިދާޅުވީ އެގޮތަށް ކަން ދިމާވުމުން އުމުރަށްވެސް އެކަމާ ވިސްނޭނެކަމަށެވެ. އޭނާ ވިދާޅުޗީ މަރުވާއަށް އެ ލޭ ހޮޅިތައް ދިނުމަށް އޭނާ ނިންމި ނިންމުމަކީ އޮޕަރޭޝަން ޑޮކްޓަރެއްގެ ހައިސިއްޔަތުން ނިންމި ނިންމުމެއްކަމަށާއި އެއީ އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ޑޮކްޓަރުން އެކުގައި ނިންމި ނިންމުމެއްކަމަށެވެ. އެ ނިންމުމާއެކު އުމުރަށް ދިރިއުޅެންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ޖީލާނީ ވިދާޅުވީ ދެ ކުދިން ވަކިކުރުމަށް ކުރި އޮޕަރޭޝަން ތަންކޮޅެއް ކުރިން ކުރެވުނު ނަމަވެސް މިހާރަށްވުރެ އެދެވޭ ނަތީޖާއެއް ނުކުތީސްކަމަށް ޤަބޫލުކުރައްވާކަމަށެވެ. ނަމަވެސް އެ ކުދިންގެ ފަރުވާއަށް ބޭނުންވާ ފައިސާ އެއއްކުރުމަށް ގިނަ މަސްތަކެއް ނަގާފައިވާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އެކަމާ ގުޅިގެން ޑރ. ޖީލާނީއާއި އޭނާއާއި އެކުގައި މަސައްކަތްކުރައްވާ ޕުރޮފެސަރު ޑޭވިޑު ޑަނަވޭވަނީ ބޮލުން ގުޅުފައިވާ ކުދިންނާ ބެހޭ މަޢުލޫމާތު ދިނުމަށާއި އެފަދަ ކުދިންގެ ފަރުވާއަށް ބޭނުންވާ ފައިސާ ހޯދުމަށް ޖަމުޢިއްޔާއެއް އުފައްދާފައެވެ.
ސަފާއާއި މަރުވާ ވަކިކުރުމުގެ އޮޕަރޭޝަންކުރި ޓީމުން މި އަހަރުގެ ޖަނަވަރީ މަހުގައިވެސްވަނީ ބޮލުން ގުޅިފައިވާ ތުރުކީވިލާތުގެ އެއްމާބަނޑު ދެބެންވަނީ ކާމިޔާބުކަމާއެކު ވަކިކޮށްފައެވެ. ޔިގިތު އަދި ޑާމަން އެވްރެންސެލްވެސް ވަކި ކުރެވުނީ ތިން އޮޕަރޭޝަނެއް ކޮށްގެންނެވެ. ނަމަވެސް އެ އޮޕަރޭޝަންތަކަށް ހޭދަވި ވަގުތު ސަފާއާއި މަރުވާގެ އޮޕަރޭޝަނަށް ހޭދަވި ވަގުތަށްވުރެ ކުރެވެ. އެ ދެކުދިންވަނީ އެ ކުދިންގެ ދެވަނަ އުފަންދުވަހުގެ ކުރިން އަނބުރާ ތުރުކީވިލާތަށް ގޮސްފައެވެ. ޑޮކްޓަރުން ޤަބޫލުކުރައްވާގޮތުގައި ދެ ކުދިންގެ ޙާލަތުދާނީ އެއް ދުވަހަށްވުރެ އަނެއް ދުވަހު ރަނގަޅުވަމުންނެވެ.

އެއް ހަށިގަނޑުން ދެ ހަށިގަނޑަށް

ހަށިގަނޑު ގުޅިފައިވާ އެއްމާބަނޑު ކުދިން އުފަންވުމަކީ އެހާ އާންމުކަމެއް ނޫނެވެ. އޭގެ ތެރެއިންވެސް ބޮލުގެ ނާށިގަނޑުން ގުޅިފައިވާ ކުދިން އެއަށްވުރެ މަދެވެ. އުފަންވާއިރު ގުޅިފައިވާ އެއްމާބަނޑު ކުދިންގެ ކޮންމެ 20 ސެޓުގެ ތެރެއިން އެއް ސެޓަކީ ބޮލުން ގުޅިފައިވާ ކުދިންނެވެ. އެފަދަ ކުދިންނަށް ކިޔާ ނަމަކީ ކްރޭނިއޯޕޭގަސް ޓްވިންސެވެ. އޭގެ ތެރެއިން ގިނަ ކުޑަކުދިންނަކީ ފުރާވަރަށް އެރުމުގެ ކުރިން މަރުވާ ކުދިންނެވެ.

2019ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މި ދެ ކުދިން ވަކިކުރީންސުރެ ސަފާއާއި މަރުވާ ދިރިއުޅެމުންދަނީ މަންމައާއި ބޮޑުބޭބެއާއިއެކު ލަންޑަނުގައެވެ. ހަސްފަތާލުގެ ޚަރަދުތައް ހިމެނޭގޮތަށް ހުރިހާ ޚަރަދެއް ބަލަހައްޓާފައިވަނީ ޕާކިސްތާނުގެ މަހުޖަނެއްކަމުގައިވާ މުރުތާޒާ ލަޚާނީއެވެ.

އެއް މިލިއަން ޕައުންޑަށްވުރެ ބޮޑު ޢަދަދެއް އެ ދެބެންގެ ކަންކަމުގައި އޭނާވަނީ ޚަރަދުކޮށްފައެވެ. ލަންޑަނުގައި އެ ކުދިން ހޭދަކުރި މުއްދަތުގައި ކުދިންގެ ޞިއްޙީ ކަންކަމުގައި 100އަށްވުރެ ގިނަ މީހުންގެ ޓީމަކުންވަނީ ގުރޭޓު އޯމޮންޑު ސްޓްރީޓު ހޮސްޕިޓަލުގައި މަސައްކަތްކޮށްފައެވެ. ދެކުދިންގެ މަންމަ ބުނީ ކުދިންގެ އޮޕަރޭޝަންކުރި ޑޮކްޓަރުންނަކީ ބަޠަލުންކަމަށެވެ. އަނބުރާ ޤައުމަށް ދިޔުމުން ސަފާއާއި މަރުވާގެ އިތުރުން އޭނާގެ ހުންނަ އަނެއް ހަތް ދަރިންވެސް ދެކުދިންގެ ކަންތައްތައް ކޮށްދީ ކުދިން ބެލެހެއްޓުމަށް ކެތްމަދުވެފައިވާކަމަށް ޒައިނަބު ބުންޏެވެ.

މިހާރު ސަފާއާއި މަރުވާގެ އުމުރަކީ ތިން އަހަރާ ބައެވެ. އެ ކުދިންނަށް ކޮންމެ ދުވަހަކުވެސް ޖިސްމާނީ ތެރަޕީތަކެއް ދޭންޖެހެއެވެ. އެއީ ހިނގާބިންގާވެ އުޅުމަށް ދަސްކޮށްދިނުމަށެވެ. ކަންކަން ދަސްކުރުމުގައި ދެ ކުދިންވެސްދަނީ ގޮންޖެހުންތަކަކާ ކުރިމަތިލަމުންނެވެ.

ދެ ކުދިން އޮޕަރޭޝަން ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވި ޑޮކްޓަރު އޮވޭސް ޖީލާނީ ވިދާޅުވީ އޭނާއާއި މުޅި ޓީމުންވެސް ކުދިންގެ ޢާއިލާއަށް ލިބުނު އުފަލާމެދު އުފާކުރާކަމަށެވެ. ނަމަވެސް އޮޕަރޭޝަނުގެ ނަތީޖާއާމެދު އެންމެ ހިތްހަމަނުޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އޮޕަރޭޝަނަށްފަހު މަރުވާއަށް ގިނަ ކުރިއެރުންތައް ލިބިފައިވާކަމަށާއި ދުވަހުން ދުވަހަކަށް އިތުރު ކުރިއެރުންތައް ދެކުދިން ހޯދަމުންދާކަމަށް އޭނާ ބުންޏެވެ.

މުޅި ޢާއިލާއަށް ބަލާނަމަ ދެ ކުދިން ވަކިކުރުމަކީ އެންމެ ރަނގަޅު ނިންމުންކަމަށް ޤަބޫލުކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ސަފާއަށް ބަލާނަމަ ދެކުދިން ވަކިކުރަން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުންކަމަށް ޤަބޫލުނުކުރާކަމަށް އޭނާ ވިދާވިއެވެ. އޮޕަރޭޝަން ކުރި ވަގުތު ނިންމަންޖެހުނު ބައެއް ނިންމުންތަކުގެ ސަބަބުން އަދިވެސް އުނދަގޫވާކަމަށް އޭނާ ވިދާޅުވިއެވެ.

ދެކުދިން ގުޅިފައިވަނީ ބޮލުންކަމުން ދެ ކުދިންގެ ސިކުނޑިއަށް ލޭ ފޮނުވާދޭ ގިނަ ލޭ ހޮޅިތައްވެސް ހުރީ ގުޅިފައެވެ. ދެ ކުދިން ވަކިކުރުމުން އެ ލޭ ހޮޅިތަކުގެ ތެރެއިން އެންމެ މުހިންމު ލޭ ހޮޅިތައް ދެވޭނީ ކޮންމެވެސް އެއް ކުއްޖަކަށެވެ. ދެ ކުދިންގެ ތެރެއިން ބޮޑަށް ޙާލު ދެރައީ މަރުވާކަމަށްވާތީ އެ ލޭ ހޮޅިތައް ދިނީ މަރުވާއަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސަފާއަށް ސްޓްރޯކެއް ޖެހި އޭނާގެ ސިކުނޑިއަށް ދާއިމީ ގެއްލުންތައް ލިބުނެވެ. ސްޓްރޯކުގެ ސަބަބުން އޭނާއަށް ދުވަހަކުވެސް ހިނގާބިންގާވެ އުޅެވޭނެކަމުގެ އުންމީދު ވަރަށް ކުޑައެވެ.

ޑރ. ޖީލާނީ ވިދާޅުވީ އެގޮތަށް ކަން ދިމާވުމުން އުމުރަށްވެސް އެކަމާ ވިސްނޭނެކަމަށެވެ. އޭނާ ވިދާޅުވީ މަރުވާއަށް އެ ލޭ ހޮޅިތައް ދިނުމަށް އޭނާ ނިންމި ނިންމުމަކީ އޮޕަރޭޝަން ޑޮކްޓަރެއްގެ ހައިސިއްޔަތުން ނިންމި ނިންމުމެއްކަމަށާއި އެއީ އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ޑޮކްޓަރުން އެކުގައި ނިންމި ނިންމުމެއްކަމަށެވެ. އެ ނިންމުމާއެކު އުމުރަށް ދިރިއުޅެން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ޖީލާނީ ވިދާޅުވީ ދެ ކުދިން ވަކިކުރުމަށް ކުރި އޮޕަރޭޝަން ތަންކޮޅެއް ކުރިން ކުރެވުނު ނަމަވެސް މިހާރަށްވުރެ އެދެވޭ ނަތީޖާއެއް ނުކުތީސްކަމަށް ޤަބޫލުކުރައްވާކަމަށެވެ. ނަމަވެސް އެ ކުދިންގެ ފަރުވާއަށް ބޭނުންވާ ފައިސާ އެއްކުރުމަށް ގިނަ މަސްތަކެއް ހޭދަވެފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އެކަމާއި ގުޅިގެން ޑރ. ޖީލާނީއާއި އޭނާއާއި އެކުގައި މަސައްކަތްކުރައްވާ ޕުރޮފެސަރު ޑޭވިޑު ޑަނަވޭވަނީ ބޮލުން ގުޅިފައިވާ ކުދިންނާއި ބެހޭ މަޢުލޫމާތު ދިނުމަށާއި އެފަދަ ކުދިންގެ ފަރުވާއަށް ބޭނުންވާ ފައިސާ ހޯދުމަށް ޖަމުޢިއްޔާއެއް އުފައްދާފައެވެ.

ސަފާއާއި މަރުވާ ވަކިކުރުމުގެ އޮޕަރޭޝަންކުރި ޓީމުން މި އަހަރުގެ ޖަނަވަރީ މަހުގައިވެސްވަނީ ބޮލުން ގުޅިފައިވާ ތުރުކީވިލާތުގެ އެއްމާބަނޑު ދެބެން ކާމިޔާބުކަމާއެކު ވަކިކޮށްފައެވެ. ޔިގިތު އަދި ޑާމަން އެވްރެންސެލްވެސް ވަކި ކުރެވުނީ ތިން އޮޕަރޭޝަނެއް ކޮށްގެންނެވެ. ނަމަވެސް އެ އޮޕަރޭޝަންތަކަށް ހޭދަވި ވަގުތު ސަފާއާއި މަރުވާގެ އޮޕަރޭޝަނަށް ހޭދަވި ވަގުތަށްވުރެ ކުރެވެ. އެ ދެކުދިންވަނީ އެ ކުދިންގެ ދެވަނަ އުފަންދުވަހުގެ ކުރިން އަނބުރާ ތުރުކީވިލާތަށް ގޮސްފައެވެ. ޑޮކްޓަރުން ޤަބޫލުކުރައްވާގޮތުގައި ދެ ކުދިންގެ ޙާލަތުދާނީ އެއް ދުވަހަށްވުރެ އަނެއް ދުވަހު ރަނގަޅުވަމުންނެވެ.