މާލޭ މަޖީދީ މަގުގައި ދެ ގްރޫޕެއްގެ ދެމެދު ހިނގި މާރާމާރިއެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިއަދު ހެނދުނު 7:55 ހާއިރު މަޖީދީ މަގު ލެ ޓްރެފިކް ކެފޭ ކައިރީގައި 2 ގުރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރިއެއްގެ މައްސަލަ ހުށައަޅާފައި ވާކަމަށެވެ. އަދި އެ މާރާމާރީގައި 2 މީހެއްގެ ބޯފަޅައިގެން ގޮސް އަނިޔާވެފައިވާކަމށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ އެ ހާދިސާގައި އަނިޔާވި މީހުން އައިޖީއެމްއެޗަށް ގޮސް ފަރުވާ ހޯދާފައިވާކަމަށް ނަމަވެސް އެމީހުނަށް ސީރިއަސް އަނިޔާތަކެއް ވެފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މާރާމާރީގެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.