މާލޭ އިރުދެކުނު ފަރާތުގައި ޤާއިމްކޮށްފައިވާ ސްވިމިންގ ޓްރެކްޓްގައި ޑައިވިން ޕްލެޓްފޯމެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މާލޭގައި ޤާއިމްކޮށްފައިވާ ސްވިމިންގ ޓްރެކްގައި ޑައިވިން ޕްލެޓްފޯމެއް އެޅުމުގެ ޕްރޮޖެކްޓުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 21 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ފޯމު ފުރިހަމަ ކުރުމަށް ފަހު އެ މިނިސްޓްރީއަށް ހުށަހެޅުމަށް އެދޭކަމަށެވެ. އެ މިނިސްޓްރީން ބުނެފައިވަނީ ބީލަމުގައި ބައިވެރިވެވޭނީ ޕްރޮޖެކްޓުގައި ރަޖިސްޓްރީ ވާ ފަރާތްތަކަށް ކަމަށާއި، ރަޖިސްޓްރީ ވުމަށް ގެޒެޓްގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯމު ލިބޭނެކަމަށެވެ.
ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް ބޭނުންވާނަމަ މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން މެއިލް ކުރުމަށް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ. ޑައިވިންގ ޕްލެޓްފޯމު އަޅާ ސައިޓު ބަލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އޮންނާނީ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ 11 ޖަހާއިރު ސްވިމިންގ ޓްރެކް ސަރަޙައްދުގައި ކަމަށް ސްވިމިންގ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
މި ޕްރޮޖްކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައ ވިހި ހާސް ރުފިޔާ ހުށަހަޅަންޖެހޭ އިރު ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން ތިރީސް ދުވަސްއެވެ.
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ، ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ އޮކްޓޫބަރު 27 ވަނަ ދުވަހުގެ 11 ޖަހާއިރު ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މީޓިންގ ރޫމް ގައިކަމަށެވެ.