ކުޅިވަރު

ބޭނުންވަނީ މިވަގުތު ޓީމު ދެނެގަންނަން ކަމަށް ޤައުމީ ކޯޗް ބުނެފި.


މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭނީ ކުޅުންތެރިން
ދެނެގަންނަން ކަމަށް ޤައުމީ ޓީމާ އަލަށް ހަވާލުވި ކޯޗް ނިއުޒިލެންޑްގެ ރިކީ ހާބަޓް
ބުނެފިއެވެ.



ހާބަޓް ބުނީ އަދި ކުޅުންތެރިންގެ ކުޅުމާ ވައްޓަފާޅި
އެހާބޮޑަށް ނޭނގޭ ކަމަށާ ޕްރެޒިޑެންޓް ކަޕްގެ ސެމީފައިނަލާ ހިސާބުން ޤައުމީ
ޓީމުގެ ޕްރެކްޓިސް ކުރަން އެ ލިބޭ ވަގުތު ކޮޅުގައި ބޮޑަށް އިސްކަންދޭނީ ކުޅުންތެރިން
ދެނެގަނެވޭތޯ ކަމަށެވެ. އަދި ލިބޭ ހަ ދުވަހު ބޮޑަށް ވިސްނާނީ ލުއި ތަމްރީނުތަކެއް
ހެދޭތޯ ކަމަށް ކޯޗް ބުންޏެވެ.

އޭނާ ބުނީ ރާއްޖޭގެ ކުޅުންތެރިން ޓެކްނިކަލީ ވަރަށް
ރަނގަޅު ކަމަށާ އެހެންނަމަވެސް ފިޒިކަލް ފިޓްނަސް ރަނގަޅު ކުރުމަށް ވަރަށް ބޮޑަށް
އިސްކަން ދޭން ޖޭހޭކަމަށެވެ. އަދި ޓީމު ލައްވާ ކުޅުވަން ބޭނުންވަނީ ރަނގަޅު ރީތި
ހަމަހަމަކަން ގެންނަން ފުޓްބޯޅައެއް ކަމަށް ހަބަޓް ބުންޏެވެ.



" ބޭނުންވަނީ މުޅި ޓީމް ޑިފެންސްކޮށް އެޓޭކް
ކޮށްގެން ކުޅޭކަށެއް ނޫން. ބޭނުންވަނީ ވަރަށް ހަމަހަމަކޮށް ކުޅޭ ފުޓްބޯޅައެއް.
ދިވެހި ސަޕޯޓަރުން ބޭނުންވާކަހަލަ ފުޓްބޯޅައެއް ގެނެވޭތޯ މަސައްކަތް ކުރާނަން"
ހާބަޓް ބުންޏެވެ.

އައު ކޯޗްގެ ފުރަތަމަ މެޗަކަށް ވެގެންދާނީ އަންނަ މަހު ވަރލްޑްކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗެވެ.