ދުނިޔެ

އަމިއްލަ އަންހެނުން ފާހާނާއެއްގައި ހައްޔަރުކޮށްފައި ހުންނަތާ ދޮޅު އަހަރު


ތިން ފޫޓް ތިން ފޫޓް ފާހާނާއެއްގެ ތެރޭގައި ދޮޅު އަހަރުވަންދެން ހައްޔަރުކޮށްގެން ގެންގުޅުނު އަންހެނަކު ސަލާމަތްކޮށްފިއެވެ.

އުމުރުން 35 އަހަރުގެ މި އަންހެން މީހާ ފާހާނާގައި ހައްޔަރުކޮށްގެން ގެންގުޅުނީ އޭނާގެ ފިރިމިހާއެވެ. އިންޑީއާގެ ޕާނީޕަޓްގައި ހިނގި މި ހާދިސާގައި މި އަންހެން މީހާ ސަލާމަތްކޮށްފައިވަނީ އަންހެނުންގެ ހައްގުގައި މަސައްކަތް ކުރާ އެ އަވަށުގެ އަންހެނެއް އެ މައުލޫމާތު ފުލުހުންނަށް ފޯރުކޮށްދިނުމުންނެވެ.

އިންޑިއާ ފުލުހުން ބުނީ މި އަންހެން މީހާ ފާހާނާގައި ހުއްޓާ ސަލާމަތްކުރިއިރު އޭނާ ހިކި އަނަރޫފަވުމުގެ ސަބަބުން އެކަނި ކޮޅަށްވެސް ނުތެދުވެވޭކަމަށެވެ. މި މައްސަލާގައި މި އަންހެން މީހާގެ ފިރިމިހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މީގެ 17 އަހަރު ކުރިން ކައިވެނި ކުރި މި ދެމެފިރިންގެ ތިން ދަރިންވެސް ތިބެއެވެ. އުމުރުން 17 އަހަރާއި 13 އަހަރާއި 11 އަހަރުގެ މި ކުދިންވެސް އެ ކުދިންގެ މަންމައާއި މެދު ބައްޕަ ކަންކުރަމުން އައި އިހާނެތިކަމުގެ ވާހަކަ އެއްވެސް މީހަކާއި ހިއްސާކޮށްފައެއް ނުވެއެވެ. އެހެންކަމުން މި ތިން ކުދިންވެސް ވަނީ ކައުންސިލިން ދިނުމަށް ގެންގޮސްފައެވެ.

މި އަންހެން މީހާ ފާހާނާގައި ހައްޔަރުކޮށްފައި ބެހެއްޓީ ސިކުނޑިގެ އުނިކަމެއް ހުންނާތީކަމަށް އެނާގެ ފިރިމިހާ ބުނި ނަމަވެސް އެކަމާއި ގުޅޭ އެއްވެސް ލިޔެކިޔުމެއް ދައްކާފައި ނުވާކަމަށް ފުލުހުން ބުނެއެވެ. އަދި ފިރިމިހާ އެހެން ބުނިނަމަވެސް ފާހާނާއިން އަންހެން މީހާ ނެރި ފަރުވާދިނުމަށް ފަހު ކުރި ހުރިހާ ސުވާލަކަށްވެސް ޖަވާބުދީ ދަންނަ އެންމެން ކިޔާދޭން އެނގުނުކަމަށްވެސް އިންޑިއާ ފުލުހުން ބުނެއެވެ.