ޚަބަރު

މާލޭގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ


ސައިކަލަކާއި ވޭނެއްޖެހި ހިނގި އެކްސިޑެންޓްގައި މީހަކަށް ސީރިއަށް އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ބޮޑުތަކުރުފާނު މަގު، އާޓިފިޝަލް ބީޗު ސަރަހައްދުން ދުއްވާފައިދިޔަ ސައިކަލެއްގައި ފަހަތުން އައި ވޭނެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު މިރޭ 18:08 ހާއިރު ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާ ވެފައިވާ ކަމަށާއި އެމީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އެކްސިޑެންޓިވި ސައިކަލުގެ ފަހަތުގައި އިން އަންހެން މީހާގެ ހާލު ސީރިއަސް ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.
ފުލުހުން ވިދާޅުވީ އެކްސިޑެންޓުވި ދެ އުޅަނދު ވެސް ދުއްވާފައިވަނީ ލައިސެންސް އޮންނަ ދެމީހުން ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.