ޚަބަރު

ހދ. ކުޅުދުއްފުށީ އިންޖީނު ގޭގެ އައު އިމާރާތުގެ ބިންގާ އަޅައިފި


ހދ. ކުޅުދުއްފުށީ އިންޖީނު ގޭގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

މިއިމާރާތުގެ ބިންގާ އަޅުއްވާ ދެއްވީ ފެނަކަ ކޯޕަރޭޝަންގ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައީދް އާއި, ކުޅުދުއްފުށި ދާއިރާގެ މަޖިލިސް މެންބަރުން ކަމަށްވާ ޖަމްޝީދު މުހައްމަދު އާއި ޔާސިރު ޢަބްދުލް ލަތީފްއެވެ.

ފަނަރަ މިލިއަން ހަތްސަތޭކަ ފަންސާސް ފަސްހާސް ހަތްސަތޭކަ ފަސްދޮޅަސް ރުފިޔާ ނުވަދިހަ ލާރި ޚަރަދުކޮށްގެން ހަދާ މިއިންޖީނުގޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ އުނި އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 330 ދުވަސްތެރޭ ނިންމާގޮތަށެވެ.

މިއިންޖީނުގެ ހަތަރު މެގަ ވޯޓުގެ 5 އިންޖީނު ބެހެއްޓޭވަރުގެ އިމާރާތެކެވެ. މިހާރުވެސް އިންޖީނުގެ ހިނގަމުންދާ މިއިމާރާތުގައި ހަދާ އައު އިމާރާތުގައި އިންޖީނުގޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަކޮށްގެން އޮފީހަކާއި މީޓިންގ ރޫމެއްވެސް ހުންނާނެ ކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ.

ކުޅުދުއްފުށީ އިންޖީނުގޭގެ އައު އިމާރުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސަޢީދެވެ. އުނި އިންޖިނިއަރިންގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ޕްރޮޖެކްޓްސް މުހައްމަދު އައިމަންއެވެ.