ޚަބަރު

އުފަންވީއިރު ހަށިގަނޑު ގުޅިފައިވާ ދެބެން، ރާއްޖޭގައި މިއީ ނާދިރު ޙާލަތެއް


އެއް މާބަނޑު ކުދިން އުފަންވުމަކީ ރާއްޖޭގައިވެސް އައުކަމެއް ނޫނެވެ. އެހެންނަމަވެސް އުފަންވާއިރު، ހަށިގަނޑުން ގުޅިފައިވާ ކުދިން އުފަންވުމަކީ ރާއްޖޭގައި ވަރަށް ނާދިރުކަމެކެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް އައިޖީއެމްއެޗުގައި ދާދިފަހުން ވަނީ ހަށިގަނޑު ގުޅިފައިވާ އެއް މާބަނޑު ދެބެން އުފަންވެފައެވެ. މިއީ އުތުރުގެ ރަށެއްގެ ދެމަފިރިންނަށް ލިބުނު ދެ އަންހެން ކުދިންނެވެ. އެހެންނަމަވެސް އުފަންވިތާ އެއްދުވަސްތެރޭގައި ދެކުދިންވެސް ވަނީ ނިޔާވެފައެވެ. އެކުދިން އުފަންވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މިދެކުދިން އުފަންވިއިރު ހިތާއި ފަލަމަސްގަނޑުން ވަނީ ގުޅިފައެވެ.

ރާއްޖޭގައި މިފަދަ ކޭސްތައް މަދުވިނަމަވެސް ދުނިޔޭގެ އެކި ޤައުމުތަކުގައި ހަށިގަނޑުގެ ގުނަވަންތަކުން ގުޅިފައި ތިބޭ ކުދިން އުފަންވުން އެއީ ޢާއްމުކަމެކޭ ދެންނެވިދާނެއެވެ. މީގެ ތެރެއިން ބައެއްކުދިން ދުނިޔޭގައި ތިބިނަމަވެސް ގިނަފަހަރު އުފަންވާ ތަނުންވެސް މަރުވާކަމަށް ރިކޯޑުތަކުން ދައްކައެވެ.

ޝެރީނާތޮލް

ސްކޭން ކުރާއިރު އިގޭނެ ދޯ. ކިހިނެއްބާ ވީ ކުރިން ނޭގުނީ؟؟؟