ޚަބަރު

އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތް ރަނގަޅުކުރުމުގެ މަސައްކަތް


ޞިއްޙީ ދާއިރާގެ
ޚިދުމަތްތައް ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އަތޮޅުތަކުގެ ޞިއްޙީ
ޚިދުމަތް ދޭ ތަންތަނަށް ސަތޭކާ ސާޅީސް ނުވަމިލިޔަން ރުފިޔާގެ މެޝިނަރީއާ
އިކުއިޕްމެންޓް އެސްޓީއޯ މެދުވެރިކޮށް މިހާތަނަށް ހޯދާފައިވާކަމަށް ހެލްތް މިސްޓަރ
ވިދާޅުވެއްޖެއެވެ.



މީޑިޔާއަށް
މައުލޫމާތުދެއްވަމުން މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ސަކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ބައެއް ޞިއްޚީ މަރުކަޒުތަކާއި އަދި
ހޮސްޕިޓަލުތަކަށް ބޭނުންވާ 54 އެންބިއުލަންސް މިހާރު
ގެނެވިފައިވާކަމަށެވެ.



އެސްޓީއޯއިން ބުނީ މިއެމްބިއުލާންސްގެ ތެރެއިން ގިނަ އެންބިއުލާންސް މިހާރު ޑެލިވަރ
ކޮށްދީފައިވާކަމަށާ ބާކީހުރި އެމްބިއުލާންސްތައްވެސް މިނިސްޓްެރީން
ކަނޑައަޅާފައިވާ ޝެޑިއުލްއާ އެއްގޮތަށް ޑެލިވަރ ކުރަމުންދާކަމަށެވެ.



މީގެ އިތުރުން
އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބްލްސް
ފަދަ ތަކެއްޗަށްޗެސް މަހެއްގެ މައްޗަށް އެވްރެޖްކޮށް ބާރަމިލިޔަން ރުފިޔާ
ޚަރަދުކުރެވިގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.