ޚަބަރު

ސާމްޕަލް ނެގި މީހަކަށް ހަމަލާދިން މައްސަލައެއް ފުލުހުން ބަލަނީ


ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގުމުގެ ތެރޭގައި ސާމްޕަލް ނެގި މީހަކަށް ހަމަލާދިން މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.

ރޭމާފަންނު މަދަރުސާގައި ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަން އުޅުމުގެ ތެރޭގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށާއި، މިމައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަންވަނީ ކަންހިނގާދިޔަ ގޮތް ހާމަކުރައްވާފައެވެ. އިކްރާމް ވިދާޅުވީ ސާމްޕަލް ނަގަން ހުރި ކުއްޖާއަށް އަނިޔާއެއްކޮށް މާރާ މާރީ ހިންގާފައި ނުވާނެކަމަށެވެ. ކޯވިޑްގެ ސާމްޕަލް ނެގުމަށް ރޭ މާފަންނު މަދަރުސާއަށް ވަޑައިގެން ސާމްޕަލް ނެގުމުގައި ދިމާވި ކަންތައްތަކާއި ގުޅިގެން މީޑިޔާތަކުގައި ދައްކާ ވާހަތައް ދޮގުކޮށް އިކުރާމް ވިދާޅުވީ އެތަނުގައި ކެމެރާހުރިނަމަ ކެމެރާބައްލަވައި ލައްވައިފިނަމަ އެކަން ހިނގާދިޔަގޮތް އެގޭނެކަމަށެވެ.

އިކްރާމް ވިދާޅުވީ މީގެ ކުރިން އައިޖީއެމް އެޗްއިން ވެސް ޕީސީއާރު ޓެސްޓް ހަދާފައިވާކަމަށެވެ. ނަމަވެސް ވަރަށް އޯގާތެރިކަމާއިއެކު ތަކުލީފެއް ނުވާގޮތަށް އައިޖީއެޗްއިން އެކަން ކޮށްދިންކަމަށެވެ. އަދި އެއަށްވުރެ އޯގާތެރިކަމާއިއެކު ޕީސީއާރު ޓެސްޓް ނެގޭނެކަމަށް އިކްރާމް ވިދާޅުވިއެވެ. އިކްރާމް ވިދާޅުވީ މިހާތަނަށް މާރާމާރީގެ މައްސަލައެއްގައި ޕޮލިސް ރެކޯޑެއް ނޯންނާނެކަމަށެވެ.

ރެޕިޑް ރެސްޕޮސްސް ޓީމަށް ދިން މިޙަމަލާ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަންއަން، އެމްއެޗްޕީޔޫއިންވެސްވަނީ ކުށްވެރިކޮށްފައެވެ. އެމްއެޗްޕީޔޫއިން ކުރި ޓުވިޓެއްގައި މިއަމަލަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަން ފާހަގަކޮށް މިމައްސަލަ ބަލައި ހައްޤު އަދަބުދިނުމަށްވަނީ ގޮވާލާފައެވެ.

އަދި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް މަތިކޮށްފައިވާ ފަރާތެއްގެ ކިބައިން މިފަދަ އަމަލެއް ފެނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށްވެސް އެމްއެޗްޕީޔޫއިން ބުނެފައިވެއެވެ.