ކުޅިވަރު

22 އަހަރުފަހުން ބޮޑު މުބާރާތަކަށް ސްކޮޓްލެންޑް ކޮލިފައިވުމާ ފިޔަވަޅަކާ ގާތަށް


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން ޕޭލޭ އޯފްގެ ފުރަތަމަ މެޗު ކާމިޔާބުކޮށް 22 އަހަރުފަހުން ބޮޑު މުބާރާތަކަށް ކޮލިފައި ވުމުގެ އުންމީދު ސްކޮޓުލޭންޑުން އާކޮށްފިއެވެ.

ޔޫރޯ ކޮލިފައިން ޕްލޭއޯފްގައި ރޭ އިސްރާއިލްގެ މައްޗަށް ކުރިހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ލަނޑެއް ނުޖެހި އެއްވަރުވުމުން ނަތިޖާ ނެރެމަށް ޖެހި ޕެނެލްޓީގައި 5-3 ލަނޑުން ކުރިހޯދައިގެންނެވެ. ސްކޮޓްލޭންޑުގެ ފުރަތަމަ ޓީމުގައި ހިމެނޭ ސްޓުއާޓް އާމްސްޓްރޯންގް، ކިއަރަން ޓިއޭނީ، ރަޔަން ކްރިސްޓީ، ސްކޮޓް މެކްކެނާ، ލިއަމް ޕަލްމާ، ޖޭމްސް ފޮރެސްޓް، އޮލިވަރ ބާކް ވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން ޓީމުގައި ބައިވެރިެވޭ ގޮތް ނުވެފައެވެ.

ރޭގަ ހޯދި މޮޅާއެކު ސްކޮޓްލޭންޑުން ވަނީ ބަލިނުވެ 6 މެޗު ހަމަކޮށްފައެވެ. މިއީ 2013 ވަނަ އަހަރު އެމެރިކާ އަތުން އެއްވަރުވުމަށްފަހު 55 މެޗު ފަހުން ސްކޮޓުލެންޑުން މެޗުގައި ފުރިހަމަ ވަގުތުގައި ލަނޑެއް ނުޖެހި އެއްވަރުވި ފުރަތަމަފަހަރެވެ. މިއީ 2013 ވަނަ އަހަރު ބެލްޖިއަމްއާ ދެކޮޅަށް ކުޅެ ސްކޮޓުލޭންޑުން އިދިކޮޅުޓީމުގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއް ފޮނުވާނުލާ ނިންމާލި ފުރަތަމަ ފަހަރެވެ.

ކޮލިފައިން ޕްލޭއޯފްގައި އަންނަ ނޮވެންބަރުމަހުގެ 12 ދަވަހު ސްކޮޓްލޭންޑް ނުކުންނާނީ ސާބިޔާ ދެކޮޅަށެވެ. ޕްލޭއޯފް މެޗުތައް ކުރިޔަށްދަނީ އެއްލެގުން ނަތީޖާ ނެރޭގޮތަށެވެ.