ޚަބަރު

މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް އެކްސިޑެންޓް ވެއްޖެ


ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ޝަރީފް އެކްސިޑެންޓް ވެއްޖެއެވެ.
މެންބަރު ޝަރީފް އެކްސިޑެންޓްވެފައި ވަނީ މިއަދު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

މިކަމާ ގުޅިގެން ޝަރީފްގެ ދަރިކަނބަލުން ކުރި ޓުވީޓެއްގައި ބުނީ މިއަދު ހަވީރު ޝަރީފު ސައިކަލުގައި އިންނަވަނިކޮށް ފަހަތުން އައި ޓެކްސީއަކުން ސައިކަލުގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ. އަދި އެކްސިޑެންޓް ހިނގި ވަގުތު މަގުމަތީގައި ތިބި މީހުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށްވެސް އެ ޓުވީޓުގައި ބުނެފައެވެ.

އެކްސިޑެންޓްގެ ސަބަބުން ޝަރީފަށް ކޮންމެސް ވަރެއްގެ ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާާއި މިހާރު ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު ޝަރީފް ގެއަށް ވަޑައިގެންފައިވާ ކަމަށްވެސް ޝަރީފްގެ ދަރިކަނބަލުންގެ ޓުވީޓުގައި ބުނެފައިވެއެވެ.