މިދިޔަ ސީޒަނުގެ ޔުއެފާ ޔުރޮޕާ ލީގުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އިޓަލީގެ އިންޓަ މިލާނުގެ ފޯވާޑް ރޮމެލޫ ލުކާކޫ ހޮވިއްޖެއެވެ.
ޔުރޮޕާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލުކާކޫ ހޮވުނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުގެ ޕޯޗުގަލްގެ މިޑްފީލްޑަރ ބްރޫނޯ ފެނާންޑޭސް އާއި ޔުރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި ސްޕެއިންގެ ސެވިއްޔާއަށް ކުޅުނު އާޖެންޓީނާ ޤައުމީ ޓީމުގެ މިޑްފީލްޑަރ އެވާ ބަނޭގާއާ އާއި ވާދަކޮށްގެންނެވެ. އެވާ ބަނޭގާ މިހާރު ކުޅެނީ ސައުދީ އަރަބިއްޔާގެ ޓީމަކަށެވެ.
ސެވިއްޔާއިން ހަވަނަ ފަހަރަށް ޔުރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އިންޓަ އަތުން 3-2 ން މޮޅުވެގެންނެވެ. މުބާރާތުގެ ފައިނަލުން އިންޓަ މިލާން ބަލިވި ނަމަވެސް، މިދިޔަ ސީޒަނަކީ އެ ޓީމަށް ކާމިޔާބު ސީޒަނެކެވެ. އަދި ޔުނައިޓެޑް ދޫކޮށް މިދިޔަ އަހަރު އިންޓައާ ގުޅުނު ލުކާކޫ ވަނީ މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
ޔުނައިޓެޑް ދޫކޮށް މިދިޔަ އަހަރު އިންޓަމިލާނާއި ގުޅުނު ލުކާކޫ ވަނީ މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މިހާތަނަށް އިންޓަ މިލާނަށް ކުޅެދިން 53 މެޗުގައި 37 ލަނޑު އޭނާ ޖަހާފައިވާއިރު ޔުރޮޕާ ލީގުގައި ލުކާކޫ ވަނީ 9 ލަނޑު ޖަހާފައެވެ.