މިހާރު ޖަލުހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ޑިފެންސްމިނިސްޓަރ ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަދީފައިވާކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.
 
 
ޑިޕާޓްމެންޓް އޮފް ކަރެކްޝަނަލް ސާވިސްއިން ބުނީ ނާޒިމް ފުރުމަށް ބޭނުންވާ ތައްޔާރީތައް މިހާރު ކުރިޔަށްދާކަމަށެވެ. އެހެންނަމަވެސް ނާޒިމް ބޭސްފަރުވާއަށް ދާ ޤައުމެއް އަދި ބޭސްފަރުވާއަށް ދޫކުރާ މުއްދަތެއް ކަރެކްޝަނަލް ސާވިސްއިން ހާމައެއް ނުކުރެއެވެ.
 
 
ހަނގުރާމަވެރި ހަތިޔާރެއް ރާއްޖެއެތެރެކޮށް ގެންގުޅުނު ކަމުގެ  ކުށްސާބިތުވެ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ގެންދަނީ އެގާރަ އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުންނެވެ.