ކުޅިވަރު

ބާސާގެ ރައީސްއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަނީ




ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއާ ކުލަބުން ބޭރުކުރުމަށް ނޯކޮންފިޑެސް ވޯޓެއް ނެގުމަށް ކުލަބުންގެ މެންބަރުން މަސައްކަތް ފަށާފަވާކަމަށް ބާސެލޯނާގެ ބޯޑުން ހާމަކޮށްފިއެވެ.

ބާސެލޯނާގެ ބޯޑުން ބުނީ މިހާތަނަށް 12700 މީހުން ޖޯސެފް ބާޓޮމެއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ސޮއިކޮށްފައިވާކަމަށެވެ. ބާސެލޯނާގެ ރައީސް ބޭރުކުރުމަށް ވޯޓް ހޯދަމުން މަސައްކަތް ކުރަމުންދާ ގުރޫޕުން ބުނީ މިހާތަނަށް އިތުބާރު ނެތްކަމުގެ ވޯޓަކަށް މަދުވަނީ 3820 ވޯޓްކަމަށެވެ. މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން ފެށިގެން ކުރި މަސައްކަތް ކާމިޔާބުކަމަށް އެ ގުރޫޕުން ބުނެއެވެ.

ބާސާގެ ރައީސް ބާޓޮމެއާ ގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަސައްކަތް ކުރަމުން މިދަނީ ކުލަބު ހިންގުމުގައި އޭނާ ގެންގުޅޭ ދޯދިޔާ އުސޫލްތަކާއި އަދި ހަމަ އެހެންމެ ކުލަބުގެ ވެރިންނާއި ކުލަބުގެ ކެޕްޓަން މެސީއާ ޖެހުނު މައްސަލަތައް ފާހަގަކުރެވެއެވެ.

އިތުބާރު ނެތްކުމުގެ ވޯޓު ހޯދަން މަސައްކަތް ކުރަމުންދާ ގުރޫޕުން ބުނީ ބާޓޮމެއާ ކުލަބުގައި އިތުރަށް މަޑު ކޮށްފިނަމަ މާލީގޮތުން ކުލަބު އިނދަޖެހި ބާސެލޯނާއަށް ފިއްތުންތަކެއް ކުރިމަތިވެދާނެކަމަށެވެ. މި ވޯޓްނެގުމަށް އަދަދު ހަމަކުރަން އުނދަގޫވަނީ ކޮވިޑް19ގެ ސަބަބުން އެކި ގައުމުތަކުގައި ތިބި އެޓީމުގެ މެންބަރުންގެ ސޮއި ހޯދުމަށެވެ. އެހެން ނަމަވެސް މިވޯޓް ނެގުމަށް ބާސެލޯނާ ނިސްބަތްވާ ސްޕެއިންގެ ކެޓެލޯނީޔާގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ ސޮއި ކޮށްފައެވެ.

މި ހަރާކަތުގެ ފަހަތުގައި އެންމެ ބޮޑަށް ހަރަކާތްތެރި ވަނީ ބާސެލޯނާގެ އިންތިޚާބުގައި ރައީސްކަމަށް ވާދަކުރައްވާނެކަމަށް އިއުލާން ކޮއްފައިވާ ޖޯޑީއެވެ. ބާސެލޯނާއިން ވަނީ އަންނަ އަހަރުގެ މާޗު މަހުގެ 21 އަދި 22 ވަނަ ދުވަހު އިންތިހާބް ބާއްވާނެކަށް އިއުލާންކޮށްފައެވެ.