ޚަބަރު

މިޔަންމާ މުސްލިމުންނަށް އެެހީވުމަށް ފަންޑެއް ހުޅުވައިފި


މިޔަންމާގެ
ރޮހިންޔާ ދަރިކޮޅު މުސްލިމުންނަށް އެހީވުމަށް "ހެލްޕް ރޮހިންޔާ"ގެ
ނަމުގައި ރާއްޖޭގެ ޖަމިއްޔާއަކުން ފަންޑެއް ހުޅުވައިފިއެވެ.



އެހީ ޖަމިއްޔާއިން
ހުޅުވި މިފަނޑާބެހޭ ގޮތުން މައުލޫމާތު ދިނުމަށް އެޖަމްޢިއްޔާއިން ކެޕިޓަލް
ރޭޑިޔޯގައި ބޭއްވި ރަސްމިއްޔާތުގައި މައުލޫމާތުދެމުން އެޖަމްޢިއްޔާގެ ސެކެޓްރީ
ޖެނަރަލް ހަސަން ދިލްސާން ބުނީ މިފަންޑަށް ފައިސާ ހޯދުމަށް ހަމަޖެހިފައިވަނީ
އެޖަމްޢިއްޔާއާ މިކަމުގައި ބައިވެރިވާން އެދޭ ރާއްޖޭގެ އެހެންޖަމްޢިއްޔާތައް ގުޅިގެން
މާލެއާ ރަށްރަށުގައި ބަހައްޓާ ފަންޑުފޮށިތަކާ، އަދި ހެލްޕް ރޮހިންޔާ
ޓީޝާޓްވިއްކުން ފަދަ ހަރަކާތްތައް ހިންގައިގެންކަމަށެވެ. އެގޮތުން އެހީގެ ފައިސާ
ހޯދުމުގެ މަސައްކަތް ކުރިޔަށްއޮތް ތިން ހަފްތާއަށް ކުރިޔަށްގެންދާނެކަމަށް
އެޖަމްޢިއްޔާއިން މައުލޫމާތުދެއެވެ. ތިން ހަފްތާއަށްފަހު މިފަނޑަށް ލިބޭ ފައިސާ
މޯލްޑިވްސް އިސްލާމިކް ބޭންކްގައި ޚާއްޞަކުރެވިފައިވާ އެކައުންޓަކަށް
ޖަމާކުރުމަށްފަހު މިފައިސާ ރޮހިންގޔާގެ މުސްލިމުންނަށް އެހީތެރިވުމަށް
ހަވާލުކުރެވޭނީ ނެދަލެންޑްގެ މުސްލިމް ޖަމްޢިއްޔާއަކާކަމަށް އެހީ ޖަމާއަތުގެ އިންޓަރނޭޝަނަލް
އިވެންޓް ކޯޑިނޭޓަރ އަބުދުﷲ ޝަމީމު ބުންޏެވެ.



އެހީޖަމްޢިއްޔާއިން
ބުނީ  މިހަރަކާތުގައި ބައިވެރިވާން
ބޭނުންވާ ޖަމްޢިއްޔާތަކުން އެޖަމްޢިއްުޔާގެ ހޮޓްލައިން ނަމްބަރު  ހަތެއް އަށެއް ސުމެއް ތިނެއް ހަތަރެއް ތިނެއް
ތިނަކާ(7803433) ގުޅައިގެން ބައިވެރިވެރިވެވެނޭ އިންތިޒާމް ހަމަޖެހޭނެކަމަށެވެ.
އަދި މިހާރުވެސް މާލެއާ އަތޮޅު ތެރޭގެ ބައެއް ޖަމާއަތްތަކުން މިހަރަކާތުގައި
ބައިވެރިވެފައިވާކަމަށް އެހީޖަމްޢިއްޔާއިން މައުލޫމާތުދެއެވެ.