ޚަބަރު

މަކުނުދޫ ނެރުމައްޗަށް އުރި ސަޕްލައި ދޯންޏެއް އަޑިޔަށް ހިނގައްޖެ


މުދާ އުފުލާ ސަޕްލައިދޯންޏެއް ހދ މަކުނުދޫގެ ނެރުމައްޗަށް އުރި އަޑިޔަށް ހިނގައްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ހާދިސާ ގެ ރިޕޯޓު، އެމްއެންޑީއެފަށް ލިބިފައި ވަނީ ރޭ މެންދަމުން އަލިވެ 2:08 ހާއިރުގައި ކަމަށެވެ.

މިހާދިސާގައި ފަރަށް އަރާފައި ވަނީ 8 މީހުންނާއި އެކު، މަކުނުދޫއިން ފުރި، ނަމޫނާ ނަމަކަށް ކިޔާ ދޯންޏެކެވެ. 85 ފޫޓުގެ މިދޯނި މަކުނުދޫ ނެރުމައްޗަށް އުރުނީ، އެއަތޮޅު ވައިކަރަދޫއަށް ދިޔުމަށް ފުރި ތަނާއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް އުޅަނދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ހާދިސާ ހިނގި ސަރަހައްދުގައި، ކޯސްޓްގާޑުގެ އުޅަނދު ފަހަރު މިހާރު ހަރަކާތްތެރި ވަމުން ދާކަމަށެވެ.