ޚަބަރު

ބައިރޫތުގެ ބަނދަރުގައި އަނެއްކާވެސް އަލިފާނުގެ ހާދިޘާއެއް


މިދިޔަ މަހު ލުބުނާނުގެ ބައިރޫތުގައި ބޮޑު ގޮވުންތައް ގޮވި ބަނދަރުގައި ބިޔަ އަލިފާންގަނޑެއް ރޯވެ އަނދަމުން އެބަ ދެއެވެ. އަލިފާނުގެ ހާދިޘާ ދިމާވާން މެދުވެރިވި ސަބަބާބެހޭ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ބައިރޫތުގުގެ ބަނދަރުގައި ގުދަންކޮށްފައިހުރި 2،750 ޓަނުގެ އެމޮނިއަމް ނައިޓްރޭޓު ގޮވުމުގެ ސަބަބުން 191 މީހުން މަރުވެ 6000އަށްވުރެ ގިނަ މީހުންވަނީ ޒަހަމްވެފައެވެ. އެ ހާދިޘާގައި އެ ސަރަޙައްދު އެއްކޮށް ބިމާހަމަވެ އެތައް ހާސްވައެއްގެ ގެދޮރުވަނީ ގެއްލިފައެވެ. އެ ހާދިޘާއަށްފަހު ލުބުނާނުގެ ސަރުކާރު އިސްތިޢުފާދީ، ޤައުމުގެ ސިޔާސީ މަޝްރަހުވެސް ވަނީ ބަދަލުވެފައެވެ.

ބައިރޫތުގެ ބަނދަރުގައި އަލިފާނުގެ ހާދިޘާއެއް ހިންގާފައި މިވަނީ މީގެ ދުވަސްކޮޅެއް ކުރިން ބަނދަރު ސަރަޙައްދުން ހަތަރު ޓަނުގެ ނުރައްކާތެރި ކެމިކަލް ފެނި، ނުރައްކާތެރި ޙާދިޘާއެއް ހިންގާފާނެކަމުގެ ކަންބޮޑުވުން އާންމުންގެ މެދުގައި ބޮޑުވެފައި ވަނިކޮށެވެ.