ދުނިޔެ

އަފްޣާނިސްތާނުގެ ނައިބު ރައީސަށް އަމާޒުކޮށް ބޮމުގެ ޙާމަލާއެއް ދީފި


އަފްޣާނިސްތާނުގެ ނައިބު ރައީސް އަމްރުﷲ ޞާލިޙަށް އަމާޒުކޮށް ބޮމުގެ ޙަމަލާއެއް ދީފައިވާކަމަށް އެމަނިކުފާނުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސްގެ އިދާރާގެ ތަރުޖަމާނު ރަޒްވާން މުރާދު ވިދާޅުވީ ނައިބު ރައީސް ޞާލިޙަށް ޙަމަލާދިނުމަށް ޢަދުއްވުން އަނެއްކާވެސް މަސައްކަތްކޮށްފައިވާކަމަށާއި އެ މީހުންކުރި މަސައްކަތް ނާކާމިޔާބުވެފައިވާކަމަށެވެ. އެ ޙަމަލާގައި ނައިބު ރައީސަށް އެއްވެސް ގެއްލުމެއް ލިބިވަޑައިގެންފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. ޙަމަލާ ޢަމާޒުކޮށްފައިވަނީ ޞާލިޙުގެ ކާރުކޮޅަށް ކަމަށާއި އެ ޙަމަލާގައި އޭނާގެ ބައެއް ހަށިފާރަވެރިން ޒަޚަމްވިކަމަށް އޭނާ ވިދާޅުވިއެވެ.

އަފްޣާނިސްތާނުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ މިހާތަނަށް ދެ ހަށިގަނޑާއި ޒަޚަމްވެފައިވާ ހަތް މީހުން މިހާތަނަށް ހަސްފަތާލަށް ގެންގޮސްފައިވާކަމަށެވެ.