ޚަބަރު

މާލެ އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް "ޔެލޯ އެލަރޓް"


ވިއްސާރަކޮށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މާލެއަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ޔެލޯ އެލަރޓް ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރެފައިވާ ޔެލޯ އެލަރޓްގައި ވަނީ މާލެ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ބޯކޮށް ވާރޭ ވެހި ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް އެއިދާރާއިން ލަފާކުރެއެވެ. އެހެންކަމުން މިރޭ 20:00އިން ފެށިގެން މިރޭ މެންދަމު 00:00 އާ ހަމައަށް މިސަރަހައްދަށްވަނީ ޔެލޯ އެލަރޓް ނެރެފައެވެ.