މާލެގެ ގެއެއް ބަލައި ފާސްކޮށް 240 ބިޔަރުދަޅު ހޯދައި ކުޑަކުއްޖަކާއި ބޮޑު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބިޔަރު ދަޅު ތަކަކާއެކު ހައްޔަރުކޮށްފައި ވަނީ، އުމުރުން 17 އަހަރުގެ ފިރިހެންކުއްޖަކާއި، އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން މި ސެޕްޓެމްބަރ މަހުގެ 02 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން ގަލޮޅު ގެ އެއް ބަލައި ފާސްކުރި އިރު އެގެއިން 240 ބިޔަރުދަޅު ފެނިފައިވާ ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.