ކުޅިވަރު

ރާއްޖޭގެ ޤައުމީ ޓީމުގެ ކޯޗަކަށް ރިކީ ހާރބާރޓް ހަމަޖައްސައިފި




ރާއްޖޭގެ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ނިއުޒިލޭންޑް
2010 ގެ ވޯލްޑްކަޕަށް ކޮލިފައިކޮށްދިން ކޯޗް، ރިކީ ހާރބާރޓް ހަމަޖައްސައިފިއެވެ.



ނިއުޒިލޭންޑަށް އުފަން ހާރބާރޓް ވަނީ މިވަގުތު ޗައިނާގައި
އޮތް ރާއްޖޭގެ ޤައުމީ ޓީމާއި ގުޅިފައެވެ. ރާއްޖޭގެ ޓީމާ ހަވާލުވިނަމަވެސް މާދަމާ
ކުޅޭ ވޯލްޑްކަޕް ކޮލިފިކޭޝަން މެޗުގައި ޗައިނާއާއި ބައްދަލުކުރާ މެޗުގައި
އިރުޝާދުދޭނީ އެސިސްޓެންޓް ކޯޗް އިސްމާއިލް މަހުފޫޒެވެ.



ހާރބާރޓް މިއަދު ވަނީ ޓީމާ
ބައްދަލްކޮށްފައެވެ. ޗައިނާއާއެކު ކުޅޭ މެޗް ބެލުމަށް އޭނާ މާދާމާ ދަނޑަށް
ދާނެއެވެ. ހާރބާރޓް ވަނީ ދިހަ އަހަރެއްހާ ދުވަހު
ނިއުޒިލޭންޑްގެ ޤައުމީ ޓީމަށް ކުޅެފައެވެ. އަދި އޭނާ ވަނީ 1982 އަހަރުގެ ވޯލްޑްކަޕުގައިވެސް ކުޅެފައެވެ.



އިނގިރޭސިވިލާތުގެ ބައެއް ޓީމްތަކަށްވެސް
ކުޅެފައިވާ ހާރބާޓް ވަނީ ނިއުޒިލޭންޑްގެ ބައެއް ޓީމްތަކަށްވެސް ކޯޗްކޮށްދީފައެވެ.
ދެހާސް ފަހެއްގައި ނިއުޒިލޭންޑްގެ ކޯޗްކަމާ ހަވާލުވުމަށްފަހު ހާރބާރޓް ވަނީ
ނިއުޒިލޭންޑާއެކު ރަނގަޅު ނަތިޖާތަކެއް ނެރެފައެވެ. 2010 ގެ ވޯލްޑްކަޕުން ނިއުޒިލޭންޑް ކެޓީ އެއްވެސް ޓީމެއް އަތުން ބަލިނުވެއެވެ. އޭނާ
ނިއުޒިލޭންޑްގެ ކޯޗްކަމުން އިސްތިއުފާދިނީ 2014ގެ ވޯލްޑްކަޕަށް
ނިއުޒިލޭންޑް ކޮލިފައިކޮށްނުދެވުމުންނެވެ.



ހާރބާރޓް
ރާއްޖޭގެ ޤައުމީ ޓީމަށް އިރުޝާދުދޭ  ވާދަވެރި ފުރަތަމަ މެޗަކަށް ވާނީ ވޯލްޑްކަޕް
ކޮލިފިކޭޝަނުގައި އަންނަ މަހު ބޫޓާންއާއި ވާދަކުރާ މެޗެވެ.