މާލެ އަތޮޅުން ފެށިގެން ދެކުނުގެ ރަށްތަކަށް އުދައަރާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރައިން ވައިޓްއެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ، މިއަދުގެ ހެނދުނު 10:10އިން ފެށިގެން މެންދުރުފަހު. 15:00އަށެވެ. މިގޮތުން މާލެ އަތޮޅުގެ ރަށްތަކާއި މާލެއަތޮޅުން ފެށިގެން ދެކުނުގެ ހުރިހާ ސަރަހައްދަކަށް އުދައިގެ އަސަރުކުރާނެ ކަމަށް ލަފާކުރެވޭކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.
އަދި މާކަނޑުގައި ބާނިތަކުގެ އުސްމިން 3 ފޫޓާއި 5 ފޫޓާއި ދެމެދުގެ މިންވަރަކަށް އުފުލޭނެކަމުގައިވެސް އެއިދާރާއިން ހާމަކޮށްފައިވެއެވެ.
މިދިޔަ މަހުގައިވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދަ އެރުމުގެ ސަބަބުން ބައެއް ރަށްރަށުގައި ގޯތި ގެދޮރަށާއި ދަނޑުބިންތަކަށް ވަނީ ގެެއްލުންތައް ލިބިފައެވެ.