ހުޅުމާލެ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައި އޮތް އުމުރުން 21 އަހަރުގެ އަންހެނެއްގެ މަރުގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ރޭ 11:32 ހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 21 އަހަރުގެ އަންހެނަކު އެހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައި ވާކަމަށެވެ. އެމައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ބެލުންތައް ބަލަމުން ދާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.
މަރުވި އަންހެންމީހާގެ މަރުގެ މައްސަލައިގައި ފުލުހުން އަދި އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ.