ކުޅިވަރު

އައިޑިއާސްކަޕް ފުޓްސެލް މުބާރާތުގެ ޗެމްޕިއަންކަން އެމްޕީއެލްއަށް


އައިޑިއާސް ޖަމްއިއްޔާއިން ބޭއްވި، ޔޭޔޭ އައިޑިއާސްކަޕް ދެހާސް ފަނަރަ ފުޓްސެލް މުބާރާތުގެ ޗެމްޕިއަންކަން އެމް.ޕީ.އެލް ހޯދައިފިއެވެ.ހއ.ކެލާ އައިޑިއާސް ޖަމްއިއްޔާއިން ބޭއްވި މުމުބާރާތުގެ ޗެމްޕިއަންކަން މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް ހޯދީ މިއަދު މާލޭގައި ކުޅުނު ފައިނަލްގައި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި ވާދަކޮށް ތިން ލަނޑު އެއް ލަނޑުން ކުރި ހޯދައިގެންނެވެ. އޮފީސްތަކާއި ކްލަބް ޖަމްއިއްޔާތަކަށް ހުޅުވާލައިގެން ބޭއްވި މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ އެމްޕީއެލްގެ މުޙައްމަދު އަޔާޒުއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް އޭނާ ހިމެނެއެވެ.މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ފޭދޫ ފޭންސް ކްލަބްގެ އިބްރާހީމް މަހުދީ ހުސެއިންއެވެ. ފެއަރޕްލޭ ޓީމަކީ ކަސްޓަމްސްއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ފަންސަވީސްހާސް ރުފިޔާ އަދި ދެވަނަ ޓީމަށް ވަނީ ދިހަ ހާސް ރުފިޔާ ދީފައެވެ. ޗެމްޕިއަން ޓީމަށާއި ދެވަނަ ޓީމަށް ފައިސާގެ އިނާމާއި ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހުމާން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބެވެ.