ޚަބަރު

ބާސާއާއި ދެކޮޅަށް ނިކުންނާނީ މުޅި ޓީމު ހުއްޓުވަން: ހެންސީ ފްލިކް


ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ގަދައަށެއްގައި ނުކުންނާނީ ބާސެލޯނާ މޭސީ ހުއްޓަވަން ނޫންކަމަށާއި ހުއްޓުވާނީ މުޅި ޓީމުކަމަށް ބަޔާން މިއުނިކް ކޯޗު ހެންސީ ފްލިކް ބުނެފިއެވެ.

މުބާރާތުގެ ގަދަ ސޯޅައިގަ އިނގިރޭސި ކުލަބު ޗެލްސީ ބަލިކުރުމަށްފަހު ކޯޗު ފްލިކް ބުނީ މެޗަށް ނުކުތީ މޮޅުވާން ކަމަށާއި އެކަން ހާސިލް ކުރެވުމުން ހިތްހަމަޖެހޭކަމަށެވެ. އޭނާ ބުނީ މެޗަށް ނުކުތީ އެއްވެސް ހާސްކަމެއް ނެތި މޮޅުވާން ކަމަށް އެކަން އޭނާގެ ކުޅުންތެރިން ދަނޑުމަތީގައައި ކުރިކަމަށެވެ.
މުބާރާތުގެ ގަދަ އަށެއްގައި ބާސެލޯނާއާ ވާދަކުރާތީ ވަކި ހާއްސަގޮތަކަށް ތައްޔާރު ނުވާނެކަމަށާއި އެމެޗަށްވެސް ނުކުންނާނީ އެހެން ވާދަވެރިންނާ ކުރިމަތިލާގޮތައް ތައްޔާރުވެގެން ކަމަށް ފްލިކް ބުންޏެވެ. އެ މެޗުގައި އާނެގެ ޓީމުގެ ފެންވަރުދައްކާލަން ބޭނުވާކަމަށާއި ކޮންމެ ކުޅުންތެރިޔަކުވެސް ނުކުންނާނީ ބާސެލޯނާ ބަލިކުރަން ކަމަށް ހުސްވި ނޮވެންބަރު މަހު ޓީމުގެ ކޯޗު މަގާމާ ހަވާލުވި ފްލިކް ބުންޏެވެ. އޭނާ ބުނީ އެކަމަށްޓަކައި ކުޅުންތެރިން ސަތޭކަ ފަސެންޓް ދޭނެކަމަށެވެ.

ފްލިކް އިތުރަށް ބުނީ ބާސެލޯނާ ހުއްޓުވާނެ ގޮތް އޭނާއަށް ރަނގަޅަށް އެނގޭކަމަށާއި އެޓީމުގެ މެސީ ހުރުމަކުން ފަރުވާލެއް ނެތްކަމަށެވެ. އޭނާ ބުނީ ހުއްޓުވާނީ ހަމައެކަނި މެސީ ނޫންކަމަށާއި މުޅިޓީމުއެއްކޮށް ހުއްޓުވުމުގެ ގާބިލްކަން ބަޔާންގެ ކިބައިގައި އެބަހުރިކަމަށެވެ.
މެޗަށްފަހު ބަޔާންގެ ފޯވާޑް ލެވޮންޑެސްކީ ބުނީ މެޗަށް ނުކުތީ ކުރިޔަށް ޖެހި ގޯލްޖެހުމުގެ އުފާވެރިކަން ހާސިލްކުރަންކަމަށާއި ފުރަތަމަ މިނިޓުން ފެށިގެންވެސް މަސައްކަތް ކުރީ އެކަން ހާސިލްކުރަންކަމަށް. މެޗުގެ ތެރޭގައި ޓީމުގެ ކުޅުންތެރިންގެ ކޮލިޓީއާ ކޮންފިޑެންސް ފެނިގެން ހިގައްޖެކަމަށް ޗެމްޕައަންސްލީގުގައި އެންމެފަހުން ކުޅުނު ހަތް މެޗުގައި 13 ލަނޑުޖެހި ކުޅުންތެރިޔާ ބުންޏެވެ.

މިއީ ޗެމްޕިއަންސް ލީގުގެ ކުއާޓަފައިނަލުން ބަޔާން މިއުނިކް ޖާގަ ހޯދި 18 ވަނަ ފަހަރެވެ. މިއީ މުބާރާތުގެ ތާރީހުގައި ރެކޯޑެކެވެ. ރޭގެ މެޗާއެކު އެޓީމު ވަނީ މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 18 މެޗު ހަމަކޮށްފައެވެ.