ޚަބަރު

ކުރީގެ ފަސްޓްލޭޑީ ނަސްރީނާ އިބްރާހިމް ކޯވިޑް-19އަށް ޓެސްޓް ކުރައްވައިފި، ނަތީޖާ ނެގަޓިވް


ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ހާލުކޮޅު ރަނގަޅުވަމުން އަންނަކަމަށާއި އެކަމަނާ ކޯވިޑް-19އަށް ޓެެސްޓުކުރައްވައި ނަތީޖާ ނެގަޓިވްކަމުގައި ރައީސް މަޢުމޫން ވިދާޅުވެއްޖެއެވެ.

ނަސްރީނާ އިބްރާހީމްގެ ސިއްޙީ ހާލުކޮޅު ހުރިގޮތުން އެޑްމިޓްކޮށް ފަރުވާދީފައި ވާއިރު ރައީސް މައުމޫނު މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ނަސްރީނާގެ ސިއްޙީ ހާލުކޮޅާއި ގުޅިގެން އެކަމަނާއަށް ހެޔޮއެދުންތައް ފޮނުވި އެންމެނަށްވެސް ޝުކުރުއަދާކުރައްވާފައެވެ. ރައީސް މައޫމުނު ވިދާޅުވީ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ކޯވިޑް-19އަށް ނެގެންޓިވްކަމަށެވެ.

ރައީސް މައުމޫނާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމްއަކީ ވަރަށް ގިނަ ދިވެހިންގެ ލޯބި ހޯއްދަވާފައިވާ ދެބޭފުޅުންނެވެ. ދާދިފަހުން ވަނީ އެދެކަނބަލުންގެ ކާވެނިފުޅަށް 51 އަހަރުފުރުމުގެ މުނާސަބާ ފާހަގަކުރައްވާފައެވެ.