ޚަބަރު

ލުބުނާނުގެ ރައްޔިތުންނަށް ރައީސްގެ ތައުޒިޔާ


ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ރޭ ބާރުގަދަ ގޮވުންތަކެއް ގޮވާ ހިނގާދިޔަ ހިތާމަވެރި ޙާދިސާއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ތައުޒިޔާ ފޮނުއްވައިފިއެވެ.

މި ހާދިސާ އާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިން ތިބީ ލުބުނާނުގެ ރައްޔިތުންނާއެކުކަމަށެވެ. އަދު މި ހިތާމަވެރި މަރުވި މީހުންނާއި އަނިޔާވި މީހުންގެ ޢާއިލާތަކަށް ރައީސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ މައި ބަނދަރާ ކައިރި ހިސާބެއްގައި ގޮވި ގޮވުންތަކާއި ގުޅިގެން މިހާތަނަށް 78 މީހުން މަރުވެ 4000 ވުރެ ގިނަ މީހުންނަށްވަނީ އަނިޔާވެފައެވެ. އަދި 200 އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އަންނައިރު މިޙާދިސާގައި މަރުވި މީހުންގެ ޢަދަދު އިތުރުވާނެކަމަށް ލަފާކުރެވޭކަމަށް އެޤައުމުގެ އޮފިޝަލުން ވިދާޅުވެއެވެ.

މި ޙާދިސާ އާއިގުޅިގެން ވަނީ އެޤައުމުގައި ދެހަފްތާއަށް ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކޮށްފައެވެ. އަދި މިކަންކަން ތަޙުގީގުކުރުމަށް ޚާއްސަ ޓީމެއް އެކުލަވާލާ ތަޙުގީގުކުރުމަށް އެޤައުމުގެ ރައިސްވަނީ ނިންމަވާފައެވެ.

ރޭ ރާއްޖޭގަޑިން އިރާކޮޅުގެ ވަގުތެއްގައި ބެއިރޫތްގައި މި ގޮވި ގޮވުންތަކީ ފަހުގެ ތާރީހެއްގައި އެ ޤައުމުގައި ގޮވި އެންމެ ބާރު ގަދަ ގޮވުންތަކެވެ. އަދި އެ ޤައުމާއި 150 މޭލު ދުރުގައި އޮންނަ ސައިފްރަސްއާއި ހަމައަށް މި ގޮވުންތަކުގެ އަޑު އިވުނުކަމަށް ހަބަރުތައް ބުނެއެވެ.