ޚަބަރު

ހުޅުމާލެއިން ގެނބިގެން މީހަކު ނިޔަވެއްޖެ


ރިމާޒް އަބްދުލް މުހްސިން - ފޮޓޯ: ސޯޝަލް މީޑިއާ

މިއަދު ހުޅުމާލެއިން މޫދަށް އެރިއުޅުނު ޒުވާނަކު ގެނބިގެން ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ މާލެއަތޮޅު ތުލުސްދޫ ބީޗުވިލާ ޢުމުރުން 27 އަހަރުގެ ރިމާޒް ޢަބްދުލް މުހުސިންކަމަށް މަޢުލޫމާތު ލިބެއެވެ. ފުލުހުން މަޢުލޫމާތުދެއްވިގޮތުގައި މިޒުވާނާއަކީ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ދޯންޏެއްގެ މަސައްކަތަކަށް މޫދަށް ފޭބި މީހެކެވެ. އޭނާ އަކުނިވަޔަށް ދަމައިގަނެގެން ޙާލު ދެރަވެގެން ހުޅުމާލޭ ހޮސްޕިޓަކަށް ގެންދިޔަކަމަށެވެ. އަދި މިޙާދިސާގައި ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

މަޢުލޫމާތުލިބިފައިވާގޮތުގައި އޭނާ ނިޔާވުމުން ކޯވިޑް-19އަށް ޓެސްޓް ކުރި އިރު ވަނީ ޕޮޒިޓިވްވެފައެވެ. މި ދުވަސްވަރު މަރުވާ މީހުން ކޯވިޑް-19އަށް ޓެސްޓުކުރުމަކީ އެޗްޕީއޭއިން ހަމަޖައްސަވާފައިވާ އުސޫލެކެވެ.