ޚަބަރު

އިންޑިޔާގެ ސަރަޙައްދުތައް ހިމެނުމަށްފަހު ނޭޕާލުގެ އައު ޗާޓު އދއަށް ހުށަހަޅަނީ


އިންޑިޔާގެ އުތުރުގެ ބައެއް ސަރަޙައްދުތައް ހިމެނޭގޮތަށް ނޭޕާލުން އެކުލަވާލި އެ ޤައުމުގެ އައު ޗާޓު އދއަށް ހުށަހަޅަން ނިންމައިފިއެވެ.

ނޭޕާލުން އަލަށް އެކުލަވާލި ޗާޓުގައި އިންޑިޔާގެ ސަރަޙައްދުތައްކަމަށްވާ ކަޕަލާނީއާއި ލިންޕިޔަދޫރާއާއި ލިޕުލެކުވަނީ ހިމަނައިފައެވެ. ނޭޕާލުގެ ޤާނޫނުހަދާ މަޖިލިހުންވަނީ އެ ޗާޓު ފާސްކޮށް، އެ ޤައުމުގެ ނިޝާނުގައި ހިމަނައިފައެވެ. ނޭޕާލުގެ ނިންމުމަށް އިންޑިޔާއިންވަނީ ނުރުހުން ފައުޅުކޮށްފައެވެ. އަދި ދެ ޤައުމުގެ ގުޅުންވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

ބައިނަލްއަޤުވާމީ މުޖުތަމަޢުން ނޭޕާލުގެ އައު ޗާޓު ބަލައިގަންނާނެކަމަށް ނުބެލެވެއެވެ. އދއަކީ ޤައުމުތަކުން ފޮނުވާ ޗާޓުތަކަށް ބުރަދަން ދޭ ޖަމުޢިއްޔާއެއް ނޫނެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އިންޑިޔާއިން ފުނުވި ޗާޓެއްވެސް އެ ޖަމުޢިއްޔާއިން ބަލައިގަނެފައެއް ނުވެއެވެ.

ނޭޕާލުގެ ސަރަޙައްދީ ބިން ބޮޑުކުރުމަށް އެ ޤައުމުން ކުރާ ދަޢުވާއަކީ ތާރީޚީ އެއްވެސް ހާދިޘާއަކަށް ނުވަތަ ހެއްކަކަށް ބިނާކޮށް ކުރާ ދަޢުވާއެއް ނޫންކަމަށް އިންޑިޔާއިންވަނީ ބުނެފައެވެ. އެހެންކަމުން އެއީ ބަލައިގަނެވޭނެ ދަޢުވާއެއް ނޫންކަމަށް އިންޑިޔާއިން ބުނެއެވެ. ނޭޕާލުގެ ޢަމަލުތަކުގެ ސަބަބުން ބިމުގެ މިލްކުވެރިކަމާބެހޭ މައްސަލަތަކުގައި ޢަމަލުކުރުމަށް ހަމަޖެހިފައި އޮންނަ އުޞޫލުގެ މަތިން މަޝްވަރާކުރުމަށް ހުރަސްއެޅޭކަމަށްވެސް އިންޑިޔާއިން ބުނެއެވެ.

ޢިބްރާހީމް

ނޭޕާލުން ކުރީ ކޮންމެހެން ކުރަންޖެހޭ ކަމެއް އިންޑިޔާއިން ވަނީ ނޭޕާލް ގެ އެތައް ބިމެއް އަތުލާފަ.