ޚަބަރު

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ މެންބަރަކަށް ވުމުގެ ފުރުޞަތު ހުޅުވާލައިފި

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގައި ރަޖިސްޓަރ ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެޖަމްޢިއްޔާގައި ބައިވެރިވުމުގެ ފުރުސަތު ފަންނާނުނަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެންނެވެ.

ރާއްޖޭގެ މިއުޒިކް ދާއިރާކުރިއެރުވުމަށްޓަކައި ފަންނާނުންތަކެއް އިސްނަގައިގެން އެކުލަވާލި މިޖަމްޢިއްޔާ ރަސްޖިސްޓަރކޮށްފައިވަނީ މިދިޔަ ޖުލައިމަހުގެ 20 ވަނަ ދުވަހުއެވެ. މިއުޒިކްގެ ދާއިރާގައި ޙަރަކާތްތެރިވާ ފަންނާނުންތަކެއް ގުޅިގެން ފެށި މިޖަމްޢިއްޔާގެ މަޤްޞަދަކީ ދިވެހި މިއުޒިކް ސިނާޢަތުގައި އުޅޭ ހުރިހާ ފަންނުވެރިން ކުރިއަރުވާ، ބާރުވެރިކުރުވުންކަމުގައި އެޖަމިއްޔާއިން ބުނެއެވެ.

މީގެ އިތުރުން ދިވެހި މިއުޒިޝަނުންނަށް ލިބޭ އުޖޫރައާއި މަސައްކަތް ކުރާ މިންގަނޑުތަކާއި ހަމަތަކަށް ބަލައި އެމީހުންގެ މަސައްކަތާ ގުޅުންހުރި އަސާސީ ކަންކަން ބެލުމާއި ބޭނުން ވެއްޖެ ހާލަތްތަކުގައި އިރުޝާދުދީ، ޤާނޫނީ ލަފާ ދިނުމުގެ ކަންކަންވެސް ކުރާނެކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ. އެގޮތުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއެކު ބޭއްވުނު އެކި ބައްދަލުވުންތަކުގައި މިއުޒިޝަނުންނަށް ދިމާވާ ދަތިތަކާއި ކުރިއަށް އޮތްތަނުގައި އިސްލާހު ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށްފައިވާކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ.

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގައި ރަޖިސްޓަރ ވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާއިރު އެޖަމްޢިއްޔާގެ ހިންގާ ކޮމެޓީގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތުވެސް ހުޅުވާލާނެކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.

ާޢައިޝާ

ކޮބައިތޯ ގުޅޭނެ ނަމްބަރަކީ، އަޅުގަނޑުގެ ނަމްބަރަކީ 3323505