ޚަބަރު

ފުލުހުން ތާމޯމީޓަރެއްގެ ވެރިފަރާތް ހޯދަނީ


ފުލުހުންގެ ބެލުމުގެދަށުގައި އޮތް ތާމޯމީޓަރެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ އިންފްރާރެޑް މިތަމޯމީޓަރަކީ މިމަހުގެ 30 ވަނަ ދުވަހު އޯކިޑްމަގު ސަލްސާ ރޯޔަލް ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެމީހެއްގެ އަތުން ފެނިފައިވާ އެއްޗެއްކަމަށެވެ.

މީގެއިތުރުން ކަޓްއޮފެއްގެ ވެރިފަރާތްވެސް ފުލުހުން އަންނަނީ ހޯދަމުންނެވެ. މި ކަޓްއޮފަކީ މިމަހުގެ 30 ވަނަ ދުވަހު ބަނދަރުމޭނާ ކައިރީގައި ބަހައްޓާފައިވަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އެއްޗެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

ވީމާ މި އިންފަރާރެޑް ތާމޯމީޓަރާއި ކަޓްއޮފްގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅާ، އިކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ މި ތަކެތި ހަވާލުކުރާނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން އަންނަނީ ފުލުހުންގެ ބެލުމުގެ ދަަށަށްް ގެންނަ ބައެއް މީހުންގެ އަތުން ފެންނަ އަގުހުރި މުދާތަކާއި މަގުމަތިން މީހުން ހޮވައިގެން ގެންނަ ތަކެތި އޭގެ ވެރިފަރާތް ހޯދާ ހަވާލުކުރަމުންނެވެ.