ހާޓް އެޓޭކެއް ޖެހިގެން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދޭންފަށައިފިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުޞްތަފާއަށް ހާޓް އެޓޭކެއްޖެހިވަޑައިގެންފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. 
މަޢުލޫމާތު ލިބިފައިވާގޮތުގައި ހަޓް އެޓޭކެއް ޖެހިވަޑައިގެން އައިޖީއެމްއެޗްގައި މުސްޓަފާއަށް ފަރުވާދެމުން އަންނައިރު ހިތުގެ އޮޕަރޭޝަނަކަށްފަހު ހާލުކޮޅު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. 
މުސްޠަފާގެ ސިއްޙީ ޙާލުކޮޅާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޮޝަލް މީޑިއާގައި އަވަސް ޝިފާއަކަށް އެދެމުންނެވެ.
		
			ކުރީގެ މެންބަރު މުސްޠަފާއަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރެވެ. އަދި މަޖިލީހުގެ ގޮނޑި ގެއްލުނުކަމަށް ކަނޑައެޅި 12 މެންބަރުންގެ ތެރޭގައިވެސް މުސްޠަފާ ހިމެނިވަޑައިގެނެވިއެވެ. 
ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ގޮނޑި ނުގެއްލޭކަމަށް ފަހުން ހުކުމްކޮށްފައެވެ. މުސްޠަފާ ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވައިގެން ނާކާމިޔާބުވެވަޑައިގެންފައެވެ.